ރައީސް މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަވާނެ

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބާއްވަވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ.
މިއީ ރައީސް މުއިއްޒުގެ ދެވަނަ ރިޔާސީ ބަޔާނެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވަނީ، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ދައުރު ފަށާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދެއްވައި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސްއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވައިލައްވާ ބަޔާނަކަށް ވާންވާނެކަމަށެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި، ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ބަޔާންކުރައްވަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ