ތިލަމާލެ ބްރިޖު މަޝްރޫއު އަވަސް ކުރުމަށް އިންޑިއާގެ އައު ސަފީރާ މަޝްވަރާ ކުރައްވައިފި

ތިލަމާލެ ބްރިޖު މަޝްރޫއު އަވަސްކުރުމަށް ބާރުއެޅުމަށް ހައުސިން މިނިސްޓަރު ޑރ.މުއްތަލިބާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު ބަލަސުބްރަމާނިއަންއާ މަޝްވަރާ ކުރައްވައިފިއެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ކަމަށް ބަލަސުބްރަމާނިއަން އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގައެވެ.
ނަމަވެސް އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުއްވީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހުއެވެ.
ތިލަމާލެ ބްރިޖުގެ 48 ޕަސަންޓް މަސައްކަތް ވަނީ ނިމިފައެވެ.
2026 ވަނަ އަހަރު މިމަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ