ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ގޮތުން މާދަމާ އިއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަޔާނާ ގުޅިގެން ވެރިކަން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުން ބައްވާފައިވަނީ, މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބުދުއްރަހީމްއަށް ދައުވަތު ނުދީއެވެ. މިބައްދަލުވުމަށް އަބުދުއްރަހީމް ވަޑައިގެންފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. ފަލާހުގެ އަރިހުގައި ތިއްބެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ޑެޕިއުޓީ ޕީޖީ ލީޑަރު ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ އިތުރުން ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.
ޕީއެންސީ ޕީޖީ ގްރޫޕްގެ ބައްދަލުވުން މިއަދު ކުރިއަށް ދަނީ. — ފޮޓޯ: ޝުޖާއު
އަބްދުއްރަހީމް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، މި ބައްދަލުވުމުގައި ޕީއެންސީގެ ވަރަށް ގިނަ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރީ މަޖިލީހުގެ އާ ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދުގައެވެ. އަދި ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް އެމްޑީޕީގެ މެމްބަރުން ހުރަސް އަޅާ ނަމަ، އެކަމުގައި އަމަލު ކުރާނެ ގޮތަކާ މެދުގައި ވެސް މަޝްވަރާ ކުރިއެވެ.
ޕީއެންސީ ޕީޖީ ގްރޫޕްގެ ބައްދަލުވުން މިއަދު ކުރިއަށް ދަނީ. — ފޮޓޯ: ޝުޖާއު
ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފަހުން ރިޔާސީ ބަޔާން އިއްވަވާ ދެވަނަ ފަހަރެވެ.
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރައިފައެވެ. އެކަމަކު، ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ކަމަށްވެއެވެ.
މުއިއްޒުގެ އަމުރަށް އަބުދުއްރަހީމް ބާކީކޮށް, ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ