މާލޭގައި މާ ހެފުމުގެ ބޮޑު ކެއުމަކަށް އޯޑަރު ދިނުމަށް ފަހު، އެ ތަކެތި ޑެލިވަރީ ކުރުމުން ކާއެއްޗިއްސާ އެކު 'ފިލައިފި' އެވެ.
ވީ ކިހިނެއް؟- ސޯޝަލް މީޑިއާގައި މިރޭ މީހަކު ވަނީ އޭނާއަށް ލިބުނު މި ލަނޑު ހިއްސާކޮށްފަ އެވެ.
އެ އަންހެންމީހާ ބުނިގޮތުގައި މާ ހެފުމަށް ހާއްސަކޮށްގެން އެ މީހުން ހިންގާ ޕޭޖަކަށް، ޝިހާން ނަމަކަށް ކިޔާ މީހަކު މެސެޖްކުރީ ވައިބާއިންނެވެ. އެ މުއާމަލާތްތައް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އޭގައި ވާ ގޮތުން އޯޑަރުކުރީ:
އަވެއްޔާއި ކުޅިމަހުގެ ވިހި ތައްޓަށް.
ކުޅިމަހާއި ރޮށި
އެދިފައިވަނީ އެތަކެތި ދަރުމަވަންތަ ހޮސްޕިޓަލަށް ޑެލިވާކޮށްދިނުމަށް
ބޭރު ކައުންޓަރާ ދިމާލުން ހޮސްޕިޓަލުގެ ވަކި ތަނެއްގެ ފޮޓޯ ނަގައި، އެތަނުގައި ތަކެތި ބެހެއްޓުމަށް އެދުނު
"އެތަނުގައި ބައިންދާފައި [އެއްޗެހި ބަހައްޓާފައި] ފޮޓޯއެއް ފޮނުވާ. އަހަރެން މީނީ ކްލާހުގައި
ޕޭޖު ހިންގާ ފަރާތުން އެ ތަކެތި އެ ތަނުގައި ބަހައްޓާފައި އެ މީހާއަށް ފޮޓޯ ވެސް ފޮނުވި އެވެ. އޯޑަރުދިން މީހާ އެ މަސައްކަތަށް ތައުރީފްކޮށް ޝުކުރު އަދާކުރި އެވެ. އަދި ފައިސާ އެރޭ 9:30ގައި ފޮނުވާނެ ކަމަށް ވެސް ބުންޏެވެ.
އޭގެ އިރުގަނޑެއް ފަހުން އެ މީހާ އަނެއްކާވެސް މެސެޖްކުރި އެވެ.
"މާޝާﷲ. ކާއެއްޗެހި ވަރަށް މީރު،" މެސެޖްގައި ބުންޏެވެ.
އެ އޯޑަރަށް އެރީ 3،000 ރުފިޔާ އެވެ. އެކަމަކު ފައިސާ ދައްކަން ބުނި ވަގުތު ފާއިތުވީ އިރު ވެސް ނުފޮނުވުމުން އެކަމާ ސުވާލުކުރި އެވެ. ނަމަވެސް އޭގެ ފަހުން ކާ އެއްޗެހި ތައްޔާރުކުރި ފަރާތުގެ ފޯނު ނަންބަރު ބްލޮކްކޮށްލީ ކަމަށް އަންހެން މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެހެން ނަމްބަރަކުން ގުޅުމުން ވެސް ފޯނަކަށް ޖަވާބެއް ނުދެ އެވެ.
މާހެފުމުގެ ބޮޑު އޯޑަރެއް ނެގުމަށް ފަހު ކާއެއްޗެއްސާ އެކު 'ފިލައިފި'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ