އެޗްޑީސީގެ އިންޓާރނަލް އޮޑިޓުން ސަނީހު ކަނޑާލައި ފުލުހުންނާއި ހަވާލު ކުރަން އެންގުމުން، އެޗްޑީސީގެ ތާރީޚުގައި އެންމެ ބޮޑު ވައްކަންތައް ކޮށްފައިވާ ސަނީހު މާދަމާ މުއިއްޒު އަންގައިގެން ވަޒީފާއަށް ނެރެން ނިންމައިފި

އެޗްޑީސީއިން ސަސްޕެންޑް ކުރުމަށް ފަހު، އެޗްޑީސީގެ އިންޓަރނަލް އޮޑިޓުން މައްސަލަ ބަލައި، ޗީފް ރިއަލް-ސްޓޭޓް އޮފިސަރގެ މަގާމުގައި ހުރި ސަނީހު ކަނޑާލައި ފުލުހާއި ހަވާލު ކުރަން އެންގުމުން، އެޗްޑީސީގެ ތާރީޚުގައި އެންމެ ބޮޑު ވައްކަންތައް ކޮށްފައިވާ ސަނީހު މާދަމާ މުއިއްޒު އަންގައިގެން ވަޒީފާއަށް ނެރެން ނިންމައިފިއެވެ. އޭނާގެ މައްޗަށް ކޮރަޕްޝަނާއި، ރައްޔިތުން މުދަލުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ޖިނާޢީ ތަހުގީގު ކުރުމުގެ ބަދަލުގައި، މުއިއްޒު އެންގީ އޭނާ އަލުން ވަޒީފާއަށް ނެރުމަށެވެ. މަޖިލީސް ހުޅުވާ ދުވަހު އެޗްޑީސީއިން ވައްކަން ކޮށްގެން ސަސްޕެންޑް ކޮށްފައިވާ ފަރާތްތައް އަލުން މަގާމަށް އައްޔަން ކުރަނީ އެކަމުގެ ސަމާލުކަން މަޖިލީސް ހުޅުވާ ދުވަހުގެ ވާހަކައިން ގެއްލިގެން ދާނެ ކަމަށް ބަލައިގެން، އެގޮތަށް އެކަން ކުރުމަށް މުއިއްޒު އަންގައިގެންނެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން، އެޗްޑީސީގެ ހިޔުމަން ރިސޯސަސްގައި ހުރި އިލްހާމް ވަނީ، ވައްކަން ކޮށްގެން ސަސްޕެންޑް ކުރި ހުރިހާ ފަރާތްތަކަށް ގުޅައި، އެއްވެސް ކުށެއް ނެތް ބައެއް ގޮތުގައި އެމީހުން ވަޒީފާއަށް ނެރޭނެ ކަމުގެ ޔަގީން ކަން ދީފައެވެ. އިލްހާމް ވެސް ވަނީ ވައްކަމުގައި ބައިވެރިވެ، ވިނަރެސް ފްލެޓެއް އާންމު އަގަށްވުރެ ހެޔޮކޮށް، އުސޫލުން ބޭރުން ނަގާފައެވެ.
އެސްޓޭޓް ޗީފް ގެ ގޮތުގައި ހުރި، ސަނީހު އަކީ ވޯޓަރ ތީމް ޕާކް ވައްކަން ކުރި ފަރާތެވެ. އޭނާ އާއި އެކު އތިރު 3 ފަރާތެއް، (އާރިފް، އަޒްހަރު، އިބްރާ) ބައިވެރި ވެގެން ކުރި މި ވައްކަމުގައި 20 މިލިއަން ރުފިހާ ނަގާފައިވެއެވެ. މީގެ އިތުރުން ހުރިހާ ބިންތަކެއް އުސޫލުން ބޭރުން ރިޝްވަތުގެ ތެރެއިން ދެމުން ދިޔައީ ސަނީހު އެވެ. މިކަން ރައީސް މުއިއްޒަށް ސާފު ކޮށް އެނގިހުރެ އޭނާ އަލުން ވަޒީފާއަށް ނެރުމަށް މުއިއްޒު އަންގާފައިވަނީ، މި ވައްކަމާއި ރައްޔިތުންގެ މުދާ ފޭރުމާއި، އަދި ކޮރަޕްޝަނުން ލިބުނު މަންފާގައި ރައީސް މުއިއްޒު ބައިވެރިވެފައިވާލެއް ބޮޑު ކަމުންނެވެ.
ވޯޓާ ތީމް ޕާކުގައި ހުރި މުދާތައް ވިއްކާލައި 20 މިލިއަން ރުފިޔާ ވަގަށް ނަގައިގެން ނިންމާލީކީއެއް ނޫނެވެ. މީގެ އިތުރުން ސަނީހު ވަނީ ވޯޓާރ ޕާކް ހެދުމަށް ރާއްޖެ އައި ސިންގަޕޫރު މީހާ ރާއްޖޭގައި ހެދި އެކުންފުނީގެ ހިއްސާ، ގއ. ވިލިގިލީ ސަނީހުގެ ގާތް ފަރާތެއްގެ ނަމަށް ބަދަލުކޮށްފައެވެ. މިކަން ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ގުޅިގެން ސަނީހު އެވެ.
މި ވައްކަންތަކުގެ މައްޗަށް ބަލައި، ސަނީހުއަށް މަގާމު އަލުން ދިނުމަށް މުއިއްޒުއަށް އަންގާފައިވަނީ، ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު އާއި، ހުޅުމާލޭގެ ދުކުނު ދާއިރާގެ މެމްބަރު ހުސެން ޝަރީފް އާއި އިތުރު މެމްބަރެކެވެ. މުއިއްޒު އާއި ބައެއް މަޖިލީސް ބައެއް މެމްބަރުން ތަކެއްގެ ވައްކަމުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބޭނުމުގައެވެ.
މިހާރު ރައީސް މުއިއްޒު މަސައްކަތް ކުރަމުންދަނީ އެޗްޑީސީގެ ޗީފް އިންޓަރނަލް އޮޑިޓަރ އޭނާގެ މަގާމުން ވަކި ކުރުމަށެވެ. އެއީ މުއިއްޒު ކޮށްފައިވާ ވައްކަންތައް އެޗްޑީސީގެ އޮންނަ އުސޫލުގެ ތެރެއިން ބަލައި، މުއިއްޒަށް ވައްކަން ކޮށްދިން ވަގުންނަށް ފިޔަވަޅު އެޅުމަށް ކުންފުނީގެ އޮންނަ އުސޫލުން އަމަލު ކުރުމުން އެކަމާއި މުއިއްޒު ރުޅިގަދަވެގެންނެވެ.
ސަނީހު އައުމުން، އިތުރަށް މިހާރު ގުޅީ ފަޅު ގައި ބާކީ ހުރި ބިންކޮޅާއި، ތިލަފުށި އަދި ހުޅުމާލޭގެ ހުރި ބިންތައް، މުއިއްޒު ނަގާފައިވާ ރިޝްވަތާއި އެކު، މުއިއްޒު ބޭނުން ބަޔަކަށް ބެހުމަށް ނިންމާފައި ވާ ކަމަށް، އެޗްޑީސީއިން ދިޔަވަރު ނޫހަށް މައުލޫމާތު ދެއެވެ.
ރައީސް މުއިއްޒު އަކީ ވައްކަން ކުރުމުގައި ރާއްޖޭގެ ތާރީޚު ނުދެކޭ ވަރުގެ ބޮޑު މާ ވަގެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ