ޕީޕީއެމްއިން ރައީސް މައުމޫން ވަކިކޮށްފިއެވެ.
ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އެޕާޓީން ވަކިކޮށްފައިވަނީ އެކަމަށްއެދި ކައުންސިލަށް ހުށައެޅި ގަރާރަށް ތާއީދުކޮށް ސުލޫކް ކޮމެޓީއަށް ފޮނުވި މައްސަލަ ބެލުމަށްފަހުއެވެ.
ރައީސް މައުމޫނަށް ތާއީދުކުރާ ކައުންސިލުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ސުލޫކީ ކޮމެޓީން މިރޭ ވަނީ އެ މައްސަލަ ބެލުމަށްފަހު އެ ކޮމެޓީ މެންބަރުންގެ އަގުލަބިއްޔަތުން ރައީސް މައުމޫން ޕީޕީއެމްއިން މައުމޫން ވަކިކުރަން ނިންމާފައިވާކަމަށް އެކޮމެޓީން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރައީސަކީ އެމަނިކްފާނުކަމަށާ ދަރުބާރު ފެކްޝަނަށް ހައިސިއްޔަތެއް ނެތްކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަނަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ ދަރުބާރުގޭ ފެކްޝަނަކަށް ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕާޓީން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށެވެ. އަދި މާތްﷲގެ ރަހުމަތްފުޅުން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމި ހުންނަވާނެކަމަށް މައުމޫން ވިދާޅުވިއެވެ.
އަދި އެމަނިކްފާނަކީ ހަމައެކަނި އިންތިހާބު ކުރެވިފައިވާ ޕާޓީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރުކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމުން ރައީސް މައުމޫން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ