ޕީޕީއެމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ބުރަ މަސައްކަތުން، ސިހުރަކުން ނޫން: މައުމޫން

ޕީޕީއެމް އިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ ސިހުރު ހަދައިގެން ނޫން ކަމަށާއި ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.އިނގުރައިދޫން ޕީޕީއެމްއާ ގުޅުނު 100 މީހެއްގެ ފޯމު ޕާޓީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ވިދާޅުވީ، އެމަނިކުފާނާއި އޭރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ރަށްރަށަށް ދަތުރުކޮށް އިންތިހާބު ކާމިޔާބު ކުރަން ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ."އިހުލާސްތެރިކަމާ އެކު ބުރަ މަސައްކަތްތަކެއް ކޮށްގެން އަޅުގަނޑުމެން [ރިޔާސީ]އިންތިހާބު ކާމިޔާބު ކުރީ،" ކުރީގެ ރައީސް ވިދާޅުވި އެވެ.ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.--ހަވީރު ފޮޓޯ:ހުސެއިން ޝަޔާހު މައުމޫން މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ސްރީ ލަންކާގެ ފާދިރީއަކު ލައްވައި ސިހުރު ހަދައިގެން ކަމަށް ބުނެ ރާއްޖެ ޓީވީން މިދިޔަ ހުކުރު ދުވަހުގެ ރޭ ދެއްކި ޑޮކިއުމެންޓްރީއަކަށް ފަހު ފާޑުކިޔުންތައް އިތުރުވެފައި ވަނިކޮށެވެ. އެ ޑޮކިއުމަންޓްރީގައި، ސިހުރު ހެދި ކަމަށް ބުނާ މީހާ އަމިއްލަ އަށް އެ ވާހަކަތައް ކިޔައިދެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ އޭނާ ކޮށްދިން މަސައްކަތުންނެވެ."އެއީ ހުސް ދޮގު. އެކަހަލަ ވާހަކަ ގަބޫލުކުރާކަށް ނުވާނެ. ސިހުރު ހެދުމަކީ
ހަގީގަތުގައި އޮތް ކަމެއް ވެސް ނޫން. އެއިން ކަމެއް ނުވެސް ވާނެ. ކިތަައްމެ
ސިހުރެއް ހެދިއަސް ވާނެ ކަމެއް ނޯންނާނެ...އެއްގޮތަަކަށް ވެސް
ގަބޫލުނުކުރައްވާށޭ ސިހުރު ހަދާ ވާހަކަ. ސިހުރު ހަދާ މީހާއަށް ކަންތައް
ކުރެވޭނެ ވާހަކަ. އެއީ މުޅިން ރޯ ބުހުތާނު ވާހަކަ. ދީން ވެސް
ގަބޫލުނުކުރެވޭ ވާހަކަ،" މައުމޫން ވިދާޅުވި އެވެ.މައުމޫން ވިދާޅުވީ ކެމްޕެއިންގެ ތެރެއިން ވެސް ސިހުރު ހެދިކަމަށް ބުނާ މީހައާ ދިމާ ނުވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމުގައި އެ ބުނާ މީހާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަމަކު ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީން އޭނާއަށް ވަޒީފާ ދިން ކަމަށް ބުނާ ވާހަކަ އަޑުއެއްސެވި ކަމަށާއި ވަޒީފާ ދީފައި ވަނީ ވެސް ލަންކާ ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށް އެމަނިކުފާން ވިދާޅުވި އެވެ."ވަޒީފާގައި ހުރީ ވެސް ސްރީ ލަންކާ ރައްޔިތެއްގެ ހައިސިއްޔަތުން. އެއީ ސަރުކާރުގެ މިނިސްޓްރީއަކުން ކޮންމެވެސް މަސައްކަތެއް ހަވާލުކުރައްވާފައި މުވައްޒަފެއްގެ ގޮތުގައި ބަހައްޓާފައި ހުރިކަމަށް އަޅުގަނޑަށް އެނގިފައި އޮތީ،" މައުމޫން ވިދާޅުވި އެވެ.ރައީސް ޔާމީން ވެރިކަމަށް ގެންނަން ސިހުރު ހެދިކަމަށް ބުނާ ލަންކާ މީހާއާ ރައީސް ޔާމީން ސަލާމްކުރައްވަނީ. އެމަނިކުފާނު ވިދާޅުވީ ސަރުކާރާ އެންމެ އިދިކޮޅު ޕާޓީ، އެމްޑީޕީއަކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ޕާޓީއެއް ކަމަށެވެ. އަދި ހަގީގީ މުސްލިމެއް ނަމަ ގުރުއާނާއި ހަދީސް ނޫން ހައްލެއް ބޭނުންވާ ވާހަކަ ދައްކައި ކީރިތި ރަސޫލާއަށް ހަޖޫ ނުޖަހާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން މިހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި އިރު ޑެންމާކަށް ކުރެއްވި ދަތުރުފުޅެއްގައި ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވަ އެވެ.މައުމޫން ވިދާޅުވީ އެމްޑީޕީން އޭރު ނިންމާފައި އޮތީ ރާއްޖޭގައި ކްރިސްޓަން ދީނުގެ ފައްޅިއެއް އަޅަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ