ދިއްލީގައި ބާއްވާ ދީނީ ޖަލްސާއެއްގައި މައުމޫން ތަގުރީރު ކުރައްވަނީ

އިންޑިއާގެ ނިއު ދިއްލީގައި އަންނަ ހަފުތާގައި ބާއްވާ ދީނީ ކޮންފަރެންސެއްގައި ކުރީގެ ރައީސް
މައުމޫން އަބްދުލް ގައްޔޫމް ތަގުރީރު ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.އިންޑިޔާގެ
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އޮބްޒާވާ ރިސާޗް ފައުންޑޭޝަން"ގެ
ޖަލްސާގައި "އިސްލާމް ދީނަކީ ސުލްހައިގެ ދީނެއް"ގެ މައުލޫއުގެ މައްޗަށް
ތަގުރީރުކުރަން މައުމޫނަށް ވަނީ ދައުވަތު އަރުވާފައި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.އެ މައުލޫއު އަށް މީގެ ކުރިން ވެސް މައުމޫން ތަގުރީރު ކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.އޮބްޒާވް
ރިސާޗް ފައުންޑޭޝަކީ ސަރުކާރާއި ވިޔަފާރި ކުންފުނިތަކާއި އެކި އެކި
މައްސަލަތައް ތަހުލީލުކޮށް ރިޕޯޓު ހުށަހަޅާ ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ