ސިފައިންގެ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފުން ބުނީ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ކަޅުތުއްކަލާކޮށީ އުތުރު ގޭޓުން ނުކުމެގެން އަމީނީމަގުން އިރަށް ގޮސް، ދަރުބާރުގޭ ކައިރިން ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް، ކަޅުތުއްކަލާކޮއްޓަށް ވަންނަ ގޮތަށް ކަމަށެވެ.
ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާ ހަވީރު 4:15 ގައި ކަޅުތުއްކަލާކޮށިންނެވެ.
ޝަރަފުގެ ހިނގާލުމުގެ ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވަނީ ސިއްތިމާވާ ހިނގުން އަމީނީމަގާއި ގުޅޭ ހަތަރުއަނގޮޅި ކަންމަތީގައާއި، ބޮޑުތަކުރުފާނު މަގުން ދަރުބާރުގޭ ކުރިމައްޗަށް އަދި މެރީބްރައުން ކުރިމަތީގައި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ލަޝްކަރު ހުއްޓިގެން ތިބޭ ވަގުތު، ސިފައިންގެ ބޭންޑުގައި ރާގުތައް ހިމެނޭ ޑިސްޕްލޭއެއް ދައްކާލުން ވެސް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާއިރު މިހަރަކާތް ބަލާލުމަށް އެންމެންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި ބާއްވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ