އިންޓަ ސްކޫލް ކެރަމް މުބާރާތުގެ ކުޅުން ނިންމާލައިފި

މިމަހުގެ 19 ން 28 އަށް ކުރިއަށް ދިޔަ 16 ވަނަ އިންޓަ ސްކޫލް ކެރަމް މުބާރާތުގެ ކުޅުން ނިންމާލައިފި އެވެ.
ޖުމްލަ 15 ސުކޫލަކުން 31 ފިރިހެން ޓީމަކާއި 16 އަންހެން ޓީމު ބައިވެރިވެފައިވާ މި މުބާރާތުގެ ބާރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލެވެ. ދެވަނަ އަށް ތާޖުއްދީން ސުކޫލް ދިޔަ އިރު، މި އުމުރު ފުރައިގެ ތިންވަނަ ލިބުނީ ޖަމާލުއްދީން ސުކޫލަށެވެ. މި އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސުކޫލެވެ. ދެވަނަ އަށް އިމާދުއްދީން ސުކޫލް ދިޔަ އިރު، ތިންވަނަ ލިބުނީ ޖަމާލުއްދީން ސުކޫލަށެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސުކޫލެވެ. ދެވަނަ އަށް މަޖީދިއްޔާ ސުކޫލް ދިޔަ އިރު، ތިންވަނަ ލިބުނީ ތާޖުއްދީން ސުކޫލަށެވެ. މި އުމުރުފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސުކޫލެވެ. ދެވަނަ އަށް އިސްކަންދަރު ސުކޫލް ދިޔަ އިރު، ތިންވަނަ ލިބުނީ ގިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލަށެވެ.
ސޯޅަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. ދެވަނަ އަށް ދަރުމަވަންތަ ސުކޫލް ދިޔަ އިރު، މި ބައިގެ ތިންވަނަ ލިބުނީ ތާޖުއްދީން ސުކޫލަށެވެ. މި އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލެވެ. ދެވަނަ އަށް ހިރިޔާ ސުކޫލް ދިޔައިރު، ތިންވަނަ ލިބުނީ އިމާދުއްދީން ސްކޫލަށެވެ.
ނަވާރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސުކޫލެވެ. ދެވަނައަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ދިޔަ އިރު، ތިންވަނަ ލިބުނީ މެޕްސް އިންޓަރނޭޝަނަލް ހައި ސުކޫލަށެވެ. މި އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ ހިރިޔާ ސުކޫލެވެ. ދެވަނައަށް ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލް ދިޔަ އިރު، ތިންވަނަ ލިބުނީ ސީއެޗްއެސްއީ އަށެވެ.
މިމުބާރާތުގެ ސިންގަލްސް އިވެންޓުގައި ދިހަ އަހަރުން ދަށުގެ ބައިން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސުކޫލްގެ މުހައްމަދު ނިބާލް ހުސެއިން އެވެ. މި އުމުރު ފުރައިގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސުކޫލްގެ އައިޝަތު އަމްނާ އެވެ. ބާރަ އަހަރުން ދަށުގެ ބައިން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލްގެ މުހައްމަދު އައިހަމް އެވެ. މި އުމުރު ފުރައިގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސުކޫލްގެ އައިމިނަތު މިޝްފާ އެވެ.
ސާދަ އަހަރުން ދަށުގެ ބައިން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސުކޫލްގެ މައްޔާޝް ލަތީފެވެ. މި އުމުރު ފުރައިގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލްގެ އައިމިނަތު އަޖުފާން އެވެ. ސޯޅަ އަހަރުން ދަށުގެ ބައިން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސްކޫލްގެ އަބްދުﷲ ޝާމިލް އެވެ. މި އުމުރު ފުރައިގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލްގެ ޝިއުނާ މުހައްމަދު އެވެ.
ނަވާރަ އަހަރުން ދަށުގެ ބައިން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލްގެ ޔަމާން އަބްދުލް ޖަލީލް އެވެ. މި އުމުރުފުރައިގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހިރިޔާ ސްކޫލްގެ އައިމިނަތު ވިދާދު އެވެ.
ޖަމާލުއްދީން ސްކޫލްގެ އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ޚާއްސަ ކޮށްގެން ބޭއްވި ސިންގަލްސް އިވެންޓުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަމީން މުހައްމަދެވެ. މިބައިގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ޒީޝާ އާނިމްއެވެ.
މިމުބާރާތުގެ ޑަބަލްސް އިވެންޓުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސުކޫލްގެ ލަޔާން ޝަރީފް އާއި އަބުދުﷲ އާހިލް އާޒިމެވެ. މި އުމުރު ފުރައިގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސުކޫލްގެ ޒިވާ ޒައީދު އާއި ޖަނާ މުހައްމަދެވެ. ބާރަ އަހަރުން ދަށުގެ ބައިން ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސުކޫލްގެ ޝައިމަން އަބްދުލް ސަމަދު އާއި މުހައްމަދު އައިހަމް އަހްމަދެވެ. މި އުމުރު ފުރައިގެ އަންހެން ޑަބަލްސް ޗެމްޕިއަނަކަން ހޯދީ ތާޖުއްދީން ސުކޫލްގެ ހައްވާ ސުލެއިމާން އާއި އައިމަނަތް މިޝްފާއެވެ. ސާދަ އަހަރުން ދަށުގެ ބައިން ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސުކޫލްގެ އަހުމަދު ރުވެއިދު ޒިޔާދު އާއި މައްޔާޝް ލަތީފެވެ. މި އުމުރު ފުރައިގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސުކޫލްގެ އައިމިނަތު އަޖުފާން އަހުމަދު އާއި އައިޝަތް ޝިފްނާ އެވެ.
ސޯޅަ އަހަރުން ދަށުގެ ބައިން ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސުކޫލްގެ އަބްދުﷲ ޝާމިލް އާއި އިބްރާހިމް ނާހިލް އަހުމަދެވެ. މި އުމުރު ފުރައިގެ އަންހެން ޑަބަލްސް ޗެމްޕިއަނަކަން ހޯދީ އަމީނިއްޔާ ސުކޫލްގެ އައިޝަތު ރިފްޤާ އާއި އަޒްހާ މުހައްމަދެވެ. ނަވާރަ އަހަރުން ދަށުގެ ބައިން ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސުކޫލްގެ އިބްރާހިމް ހުޖާން އާއި އަހްމަދު އަޒާން އަލީ އެވެ. މި އުމުރު ފުރައިގެ ޑަބަލްސް އަންހެން ޗެމްޕިއަންކަން ހޯދީ ހިރިޔާ ސުކޫލްގެ މުޒެއިނަތް ރިޔާޒް އާއި އައިމިނަތު ވިދާދު އެވެ. ޖަމާލުއްދީން ސްކޫލްގެ އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ޑަބަލްސް އިވެންޓުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ފާތިހް ހުސެއިން އާއި އިސްމާޢިލް ރާހިލް އެވެ. މިބައިގެ އަންހެން ޗެމްޕިއަންކަން ހޯދީ މަރިޔަމް ޝަފްނާ ހުސެއިން އާއި އައިޝަތު ޒީޝާ އާނިމް އެވެ.
މި މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް އަދި ސެޓްފިކެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު މިރޭ އިމާދުއްދީން ސުކޫލް ހޯލުގައި އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ