ހުލާސާކޮށް އިއްޔެ: ފާޑުކިޔުން އަމާޒުވާން ފެށުމުން ވީއައިޕީ ޓާމިނަލް ދޭން ނޫޅޭ ކަމަށް ބުނުން ހުލާސާކޮށް އިއްޔެ: ފާޑުކިޔުން އަމާޒުވާން ފެށުމުން ވީއައިޕީ ޓާމިނަލް ދޭން ނޫޅޭ ކަމަށް ބުނުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގުމާއި ގްރަންޑު ހޭންޑްލިންގެ އެންމެހައި މަސައްކަތްތައް 25 އަހަރަށް ދުބާއީގެ ޖެޓެކްސް ކުންފުންޏަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ދޮގުކުރައްވައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މިދިޔަ ހަފުތާއިން ފެށިގެން ދައުރުވަމުންދާ ޑޮކިއުމެންޓުތަކުން އެނގޭ ގޮތުން ޖެޓެކްސްގެ ހުށަހެޅުމުގައި ވަނީ އެއާޕޯޓުގައި މުޅީން އާ ވީއައިޕީ ޓާމިނަލަކާއި ފްލައިޓުތައް ޕާކު ކުރުމަށް ބޭނުންވާ ރޭމްޕު އެޅުމަށް ބޭނުންވާ ބިން އެމްއޭސީއެލް އިން ފޯރުކޮށްދިނުމަށެވެ. ވީއައިއޭގެ ވީއައިޕީ ޓާމިނަލް މިހާރު ހިންގަމުން ދަނީ އެމްއޭސީއެލް އިންނެވެ.
މިކަމާ ގުޅިގެން މިދިޔަ ހަފުތާއިން ފެށިގެން ޝަރީފުގެ ބަހެއް ހޯދުމަށް މި ނޫހުން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އޭނާ ޖަވާބެއް ދީފައެއް ނުވެ އެވެ.
މި ވާހަކަތައް އޭނާ ދޮގުކުރެއްވީ ފާޑުލިޔުންތައް އަމާޒުވާން ފެށުމުން، ސަރުކާރާ އެއްކީލި "މިހާރު" ނޫހާ ވާހަކަ ދައްކަވަމުންނެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަރީފު ވިދާޅުވީ ވީއައިއޭގެ އެއްވެސް ޓާމިނަލެއް ބޭރުގެ ބަޔަކަށް ކުއްޔަށް ދޭން ނިންމާފައިވާ ނުވާނެ ކަމަށެވެ. އެފަދަ ކަމަކާ ނޫޅޭ ކަމަށް ވެސް ޝަރީފާ ހަވާލާދީ ބުނެފައިވެ އެވެ.
އަޑު ފެތުރިފައިވާ ގޮތުން ވީއައިޕީ ޓާމިނަލް ހިންގުން ޖެޓެކްސް ކުންފުންޏާ ހަވާލު ކުރުމުގެ ޕްރޮޕޯސަލް ގެނައީ މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާ (ޖަނާ) މެދުވެރިކޮށެވެ. އެކަމާ ގުޅޭ ގޮތުން ޖަނާގެ ބަހެއް ހޯދަން މި ނޫހުން ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.
އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގަން ޑުބާއީގެ ޖެޓެކްސް ކުންފުންޏާ ހަވާލު ކުރަން މަޝްވަރާ ކުރެވެމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފައިވާއިރު، މި ސަރުކާރުގެ ކުރީކޮޅުގައި ވެސް އެފަދަ ހުށަހެޅުމެއް އެ ކުންފުނީގެ ބޯޑަށް ހުށަހެޅި އެވެ.
އެމްއޭސީއެލްގެ ބޯޑުގެ ބައެއް ބޭފުޅުން ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އަށް ބުނީ އެ ހުށަހެޅުމާ ގުޅޭގޮތުން އޭރު ބޯޑުގައި މަޝްވަރާކުރުމަށްފަހު ބަލައިނުގަންނަން ނިންމީ ކަމަށެވެ.
"އަޅުގަނޑުމެން އޭރު މަޝްވަރާ ކުރިއިރު ވާހަކަ ދެކެވުނު، ވީއައިޕީ ޓާމިނަލް ބޭރުގެ ކުންފުންޏަކާ ހަވާލު ކުރުމުގެ ވާހަކަދެއްކުމުގެ ކުރިން، އެ ޓާމިނަލް އެމްއޭސީއެލްއިން ހިންގައިގެން ވާނެ ފައިދާ އާއި އެއީ ކުރެވޭނެ ކަމެއްތޯ ބަލަންޖެހެޔޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހުޅުލޭ އެއާޕޯޓު ހިންގުން ޖީއެމްއާރު އާއި ހަވާލުކުރުމާ އެކު އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ ވެރިން އެކަމާ ދެކޮޅަށް ދައްކާފައިވާ ވާހަތަކާއި ކުރި މުޒާހަރަތަކާ ގުޅުވާފަ އެވެ.
- ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ. މެދުރާއްޖެތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު.
- ވައިޖެހެނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލަށް. ވިލާގަނޑުގައި 35 މޭލަށް.
- ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ
- ރާޅުގެ އުސްމިން ހުރީ 2-4 ފޫޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ