ޖުލައި 24 ވަނަ ދުވަހު ހުރިހާ ރައްޔިތުން މާލެ އަރަން ނަޝީދު ގޮވާލައްވައިފި

ޖުލައި 24 ވަނަ ދުވަހު ހުރިހާ ރައްޔިތުން މާލެ އަރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ "ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ކަށަވަރު ކުރުމަށް ހުރިހާ ބޭފުޅުން ވެސް 24 ޖުލައި އަށް" މާލެ ވަޑައިގަތުމަށް ގޮވާލައްވާފައެވެ.
ޖުލައި 24 ވަނަ ދުވަހު ހުރިހާ ބޭފުޅުން މާލެ ވަޑައިގަތުމަށް ރައީސް ނަޝީދު ގޮވާލެއްވި ނަމަވެސް އެދުވަހު މުޒާހަރާއެއް މާލޭ ގައި އިންތިޒާމް ކުރާކަމަށް އެމްޑީޕީ އިން ވެސް އަދި އިދިކޮޅު އިއްތިހާދުން ވެސް ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ މައްސަލަ ޖުލައި 24 އަށް އެޖެންޑާ ކުރުމުން އެދުވަހަށް ހުރިހާ ރައްޔިތުން މާލެ އައުމަށް ކުރިން އިދިކޮޅު ބައެއް މެންބަރުން ވަނީ ތަފާތު ފޯރަމްތަކުގައި ގޮވާލައްވާފައެވެ.
ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއި ކުރެއްވި މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުން މަޖިލީހުގެ މެންބަރުކަމުން ވަކިވުމުން މިހާރު ޖުލައި 24 ވަނަ ދުވަހު ބާއްވަން އޮތް މަޖިލީހުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ