އަނެއްކާވެސް ރާއްޖެ އެތެރެކުރަން އުޅުނު 15،601 ވޭޕް ކާޓްރިޖް އަތުލައިގެންފި
އަނެއްކާވެސް ގަވައިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި، ޚާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ. މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެގޮތުން ޖުމްލަ 15،601 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ހަމައެއާއެކު މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ތާރީޚް ކަމަށްވާ ނޮވެންބަރު 15، 2024 ގެ ފަހުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ. ރާއްޖެ އެތެރެކުރަން އުޅުނު 15،601 ވޭޕް ކާޓްރިޖް އަތުލައިގެންފި: މިއީ މިހާތަނަށް ކަސްޓަމުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓް -- ފޮޓޯ/ ކަސްޓަމްސް އެގޮތުން ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި 22،309 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ކަސްޓަމްސްއިން ބުންޏެވެ. މިދިޔަ ބުދަ ދުވަހު ވެސް ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު ކަސްޓަމްސްއިން އަތުލައިގަތެވެ. މީގެ އިތުރުން،މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ އެހެން އޮޕަރޭޝަނެއްގެ ތެރެއިން ވެސް 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ވަނީ އަތުލައިގެންފައެވެ. https://sun.mv/223542 ރާއްޖެއަށް އެތެރެ ކުރުން މަނާ, މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ދަނީ ބޯޑަރު ސަރަޙައްދުތަކުގައި ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ