މިހާތަނަށް ވަގަށް އެތެރެކުރި އެންމެ ބޮޑު ވޭޕް ޝިޕްމެންޓް އަތުލައިގެންފި

މިހާތަނަށް ވަގަށް ރާއްޖެއަށް އެތެރެ ކުރި އެންމެ ބޮޑު ވޭޕް ކާޓްރިޖް ޝިޕްމެންޓު އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ތަފްސީލް - ކަސްޓަމްސް އިން ބުނިގޮތުގައި އާއްމު މުދަލުގެ ގޮތުގައި ކަނޑުމަގުން އެތެރެ ކުރި މި ޝިޕްމެންޓް އަތުލައިގަތީ ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
އެތަނުން ބުނީ:
މި ޝިޕްމެންޓުގެ ތެރެއިން 15،601 ވޭޕް ކާޓްރިޖް ފެނުނު ކަމަށް
މިއީ ސަރުކާރުން ވޭޕް ރާއްޖެ އެތެރެ ކުރުން މަނާކުރި ފަހުން ކަސްޓަމްސް އިން ހިފެހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމެންޓު ކަމަށް
ކަސްޓަމްސް އިން ބުނީ، މިދިޔަ ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި، 22،309 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ.
އެނގުން މުހިއްމު - ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާހަކާ އެކު އެ އަހަރުގެ ޑިސެމްބަރުން ފެށިގެން ރާއްޖެއަށް ވޭޕު އެތެރެ ކުރުމާއި ރާއްޖޭގައި ވޭޕު ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ