ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި "ދިވެހި ނޭޝަނަލް ސާވިސް ޓެކްނިކަލް ޓްރެއިނިންގ ޕްރޮގްރާމް" ގެ ދެވަނަ ބުރު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފް ސާވިސް ކޯގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، އަޚްލާޤީ ގޮތުން ވަރުގަދަ، އަދި ފަންނީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ޒުވާން ޖީލެއް ބިނާކުރުމެވެ.
މި ފަހަރުގެ ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 62 ފިރިހެނުންނާއި 13 އަންހެނުންނެވެ. 16 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ނިމޭނީ އަންނަ އޮކްޓޫބަރު މަހުގައެވެ. ރަސްމިއްޔާތުގެ ތެރެއިން ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކުރުމުގެ އިޤުރާރުގައި ސޮއިކޮށްފައެވެ. އަދި މުދައްރިބުން ވެސް ވަނީ ފެންވަރު ރަނގަޅު ތަމްރީނުތަކެއް ދިނުމަށް އިޤުރާރުވެފައެވެ.
ދަސްކޮށްދޭނެ ފަންނީ ދާއިރާތައް
މި ތަމްރީނުތައް ނިމުމުން ބައިވެރިންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެއެވެ. މި ތަމްރީނުތައް ދެއްވަނީ އެމްއެންޑީއެފްގެ ފަންނީ ދާއިރާތަކުން ތަޖުރިބާލިބިފައިވާ މުދައްރިބުންނެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޙުސައިން އިބްރާހީމާއި، ޑައިރެކްޓަރޭޓް އޮފް ނޭޝަނަލް ސާވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަޙްމަދު ޝަރީފާއި، އެމްއެންޑީއެފް ސާވިސް ކޯގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަޙްމަދު ޝަރީމްގެ އިތުރުން ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ