ރައީސް މައުމޫން މިސްރަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިސްރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މިސްރުގެ ގްރޭންޑް މުފްތީ ޑރ. ޝައުގީ އައްލާމް ދެއްވި ދައުވަތަކަށް ރައީސް މައުމޫން ފުރާވަޑައިގަންނަވާ ކަމަށް އެބޭފުޅާގެ އޮފީހުން ވަނީ މައުލޫމާތުދީފައެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ މިސްރުގައި ބާއްވާ ބައިނަލްއަގްވާމީ ފަތުވާ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ތަގްރީރު ކުރެއްވުމަށެވެ. އެހެނީ އެމަނިކުފާނަކީ ބައިނަލްއަގްވާމީ ފަތުވާއާބެހޭ ސެކްރެޓޭރިއެޓްގެ އެންމެ މަތީ މަޖިލީސްގެ މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ