އިޖުރާއީ ނިންމުންތައް އިސްތިއުނާފް ކުރެވޭނީ ހުކުމްކޮށް ނިމުމުން - ސުޕްރީމް ކޯޓު

ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އެކޯޓުތަކުން ނިންމާ އިޖުރާއީ ނިންމުންތައް އިސްތިއުނާފު ކުރެވޭނީ އެ މައްސަލައެއް ހިނގާ ކޯޓަކުން އެމައްސަލައެއްގައި ފައިސަލާ ކުރަނިވި ހުކުމެއް އިއްވުމުން ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ހައްގަކީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުން އިއްވާ ހުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފު ކުރުމުގެ ހައްގު ކަމަށެވެ.
ޖިނާއީ މައްސަލަތަކުގައި ނެގޭ އިޖްރާއީ ނުކުތާ ގުޅިގެން ކަނޑައަޅާ ކަނޑައެޅުންތަކަކީ ހުށަހެޅިފައިވާ މައްސަލައަށް މައުޟޫއީ ގޮތުން ފައިސަލާ ކުރުމަކާ ނުލައި ކަނޑައަޅާ ކަނޑައެޅުން ތަކަކަށްވާތީ އާއި ކޯޓުތަކުގައި ނެގޭ އިޖްރާއީ ނުކުތާތަކާ ގުޅިގެން ކަނޑައަޅާ ކަނޑައެޅުންތައް އާންމު އުސޫލެއްގެ ގޮތުން އިސްތިއުނާފް ކުރެވޭނީ އެ މައްސަލައެއް އޮތް ކޯޓަކުން މައުޟޫއީ ގޮތުން އެމައްސަލައެއް ބަލާ ފައިސަލާ ކުރަނިވި ހުކުމެއް އިއްވުމުން އެ ހުކުމެއް އިސްތިއުނާފް ކުރެވޭ ހާލަތުގައި ކަމަށް ވެސް ސާކިއުލާގައިވެ އެވެ.
ނަމަވެސް މައްސަލަ ބަލަމުންދާ ކޯޓަކުން އެމައްސަލައެއް ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި، އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ނިންމާ ނިންމުން އިސްތިއުނާފު ކުރެވޭނެ ކަމަށް ވެސް ސްޕްރީމް ކޯޓުގެ ސާކިއުލާގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ