ކެފޭއެއްގެ ދުންހޮޅިން މިސްކިތަކަށް ދުން ވަންނާތީ މާލެ ސިޓީ ކައުންސިލުން އެތަން ބަންދުކޮށްފި

ކުދީނާ ގޯޅީގައި ހުންނަ ފުޑް ބްރިސްޓްރޯ ކެފޭގެ ދުންހޮޅިން ޒިކުރާ މިސްކިތަށް ދުން ވަންނާތީ މާލެ ސިޓީ ކައުންސިލުން އެތަން މިއަދު ބަންދުކޮށްފި އެވެ. 
ސިޓީ ކައުންސިލުން ބުނީ އެ ކެފޭ ބަންދުކުރީ މިއަދު ހުކުރު ނަމާދު ކުރި ގަޑީގައި އެ ކެފޭއިން ކައްކާ އެއްޗެހީގެ ވަހާ ހެދި މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް އެކަމުގެ އުނދަގޫ ދިމާވުމުން، މިސްކިތަށް އުނދަގޫ ނުވާ ގޮތަށް ދުންހޮޅި ރަނގަޅު ކުރުމަށް ކަމަށެވެ.  
MU STORE
Enterprise Development Industrial Pvt Ltd
Villa College
MU STORE
Yes Maldives Pvt Ltd
"މިއަދު ހުކުރު ނަމާދުގަޑީގައި ފުޑް ބިސްޓްރޯއިން ކައްކާ އެއްޗެހީގެ މިރުސްވަހާ ހުރެ ޒިކުރާ މިސްކިތުގައި ނަމާދަށް ތިއްބެވި ބޭފުޅުން ކޮށިއަރާވަރުން ނަމާދަށް ތިބެން އުނދަގޫވާތީ، ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން މިއަދުގެ ހުކުރު ނަމާދަށްފަހު މާލެސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ވަނީ ދުންހޮޅި މައްސަލަ ހައްލު ކުރެވެންދެން މިތަނުގެ ހިދުމަތް ވަގުތީގޮތުން ހުއްޓުވުމަށްފަހު ތަންބަންދުކޮއްފައި،" ކައުންސިލުން ބުންޏެވެ. 
އެ ކެފޭގެ ދުންހޮޅިން މިސްކިތަށް ދުމާއި ވަސް ވަންނާތީ އެ ދުންހޮޅި ރަނގަޅުކުރުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން ތަކުރާރުކޮށް ނަސޭހަތް ދީފައިވާކަން ކައުންސިލުން ފާހަގަކުރި އެވެ. 
މިއުނިޓީ އެންގޭޖްމެންޓް ޔުނިޓު މުވައްޒަފުން ކެފޭއަށް ވަނުމުން އެތަނުގައި ކައްކަން ތިބި ބިދޭސީންނާއި ހިދުމަތް ހޯދަން ތިބި ބިދޭސީންގެ ތެރެއިން ގިނަ މީހުން އެތަނުން ފިލި ކަމަށް ކައުންސިލުން ބުންޏެވެ. 
އާންމުންނަށް އުނދަގޫވާ ގޮތަށް މާލޭގެ ކެފޭ ރެސްޓޯރަންޓްތަކުގައި، ހަރުކޮށްފައި ހުރި ދުންހޮޅިތަކުގެ މައްސަލަ ދިރާސާކޮށް، އެ ކަމަށް، ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފްތާގައި ވަނީ ނިންމާފަ އެވެ. 
މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ޓަކައި މިހާރު ވަނީ، ކައުންސިލްގެ އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވައިފަ އެވެ. މޭޔަރު އާދަމް އާޒިމް ވިދާޅުވީ އާބަން ޕްލޭނިން ކޮމިޓީން މިކަމާ ގުޅުންހުރި އެހެނިހެން ކޮމިޓީތަކާ މަޝްވަރާކުރުމަށްފަހު، މި ކަމުގައި އަމަލުކުރާނެ ވަކި ގޮތްތަކެއް ނިންމާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ