އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތައް މަރާމާތު ކުރުމަށް އަނެއްކާވެސް 3 ދުވަހުގެ މުއްދަތަށް ކަރަންޓް ކަނޑަން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނި އެކި ސަރަހައްދު ތަކުން ގަޑި އަކުން ގަޑި އަކުން ކަރަންޓް ކަނޑާލާނެކަމުގެ ނޯޓިސް ގޭގެއަށް ފޮނުވާފެއެވެ. އެ ނޯޓިސްގައި ވަނީ ކަރަންޓް ކަނޑާނެ ވަގުތާއި "S/S ނަންބަރެއް" ޖަހާފައެވެ. ނަމަވެސް އެއީ ކޮން ނަންބަރެއްކަން އެނގޭކަށް ނެތެވެ.
ފެނަކަ ކޯޕަރޭޝަނުން އަނެއްކާވެސް ކަރަންޓް ކަނޑަން މި ފެށީ ކަރަންޓްގެ މައްސަލަ ހައްލުވެއްޖެ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެއް މެގަ ވޮޓްގެ ދެ އިންޖީނު އައްޑޫއަށް ގެނެސް އިންސްޓޯލް ކުރާނެކަމަށް ބުނި ފަހުންނެވެ.
މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 15 ދުވަހަށް އައްޑޫގެ އެކި ރަށްތަކުން ދޭތެރެ ދޭތެރެއިން ވަނީ ކަރަންޓް ކަނޑާފައެވެ. މި މައްސަލަ ބޮޑުވެގެން ކުއްލި މައްސަލައެއްގެ ގޮތުގައި މައްސަލަ މަޖްލިސްއަށްވެސް ހުށަހެޅިއެވެ. ނަމަވެސް ފެދޫ ދާއިރާގެ މަޖްލިސް މެމްބަރ އިބްރާހިމް ދީދީ (އައިބީ) އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދް ވޯޓު ނުދެއްވުމުން މައްސަލަ ވަނީ މަޖްލިސްއަށް ބަލައި ނުގެންފައެވެ.
އަނެއްކާވެސް ކަރަންޓް ކަނޑަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ