ހޯރަފުށީގައި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ބުނާ ގޮތުން، ހޯރަފުށީ ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޒެބޮކްއާއެކު ކަމަށެވެ.މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޟް އެވެ. އަދި ޒެބޮކްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހަސަން މުއާނެވެ.ހޯރަފުށީ ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު، އަލީ މޫސާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.މީގެ އިތުރުން ހއ. އުލިގަމުގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމާއި ހޯރަފުށި ހޭންޑްބޯލްކޯޓެއް ތަރައްގީ ކުރަން ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި ދެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ "ޒެބޮކް" އާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ