ގެދޮރު ނެތް މީހުންގެ ދަފްތަރަކީ މާލޭގައި އެކަނި އޮތް އެއްޗެއް ނޫނެވެ. ރަޖިސްޓްރާނެ ވަކި ގެއެއް ނެތް މީހުން ދަފުތަރުގައި ޖެހިގެން އެ މީހަކު އުޅޭ ރަށެއްގައި އުޅުމުގެ ހައްގަކީ ގާނޫނުން ލިބިދީފައި އޮންނަ ހައްގެކެވެ.
ރައްވެހިންގެ ދަފުތަރު އުވާލައިފިނަމަ ޖައްސާނެ ތަނެއް ނެތް އެތައް ބަޔަކު ރަށް މެދު ވާނެއެވެ. އަމިއްލަ ވަޒަނެއް ނެތަސް މެދުނުކެނޑި 5 އަހަރު ވަންދެން މީހަކު ދިރިއުޅޭ ރަށެއްގައި ރައްވެހިވުމުގެ ހައްގު ކޮންމެ މީހަހަކަށް ގާނޫނުން ލިބިދެއެވެ.
ރަށް ރަށުގެ ހާއްސަ ދަފުތަރުތަކަކީ ގާނޫނީ ހައްގެއް ލިބި ދިނުމަށް އުފެދުނު އެއްޗެކެވެ. ގެދޮރު ނެތް ރައްވެހިންނަށް އޮތް ގާނޫނީ ހައްގެއް ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލިސްގެ މެންބަރަކު ގޮވާލުމަކީ ޖަޒްބާތުގައި ގޮވާލެވެނު ގައިރު ގާނޫނީ ގޮވާލުމެކެވެ. ހުޚުދޫ ދާއިރާގެ މެންބަރ ޝާހިދު ( ޝާޑް ) ގޮވާލި ގޮވާލުމުން އެނގެނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރުމަށް ތަސައްރަފު ނުފުދޭކަމެވެ.
މާލެ ސިޓީގެ ހާއްސަ ދަފުތަރު އުވާލަންޖެހޭނީ ދަފުތަރުގައި ޖެހިފައި ތިބިމީހުންނާއި އޭގެފަހުންވެސް އެހާލަތަށްދާ ރައްވެހިންނަށް ގޮތެއް ހޯދާދީފައެވެ. ނާޖާއިޒު ގޮތުގައި ރަށް ރަށުގެ ދަފުތަރުގެ ބޭނުންކުރުން ހުއްޓުވުމަށް ކުރެވޭނެ ކަންކަން ނުކޮށް ދަފްތަރު އުވާލުމަކީ އައު މައްސަލަތަކެއް އުފަންވެ ބަޔަކު މަގުމަތިވާނެ ކަމެކެވެ.
ގައުމުގައި ރެފިއުޖީން ތަކެއް އުފަން ކުރުމަށް ހައްލެއް ހޯދާނުދީ މާލެސިޓިގެ ދަފުތަރު އުވާލަން އުޅޭ އުޅުމަކީ ގައިރު ގާނޫނީ ކަމެކެވެ.
ހުޅުދޫ ޝާޑަށް: މާލޭ ދަފްތަރު އުވާލުމަކީ ގައިރު ގާނޫނީކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ