ކ.ތުލުސްދޫއަށް އެހެން ބަޔަކު ގެނެސް އާބާދުކުރާނަމަ، އެކަންކުރާނީ އެރަށުގެ ރައްޔިތުންނަށް ގޯތި ކަށަވަރުކުރުމަށްފަހުކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތުލުސްދޫއަކީ ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ މީހުން އާބާދުވާން ބޭނުންވާ ރަށެކެވެ. މިގޮތުން އާބާދީ މަދު ރަށްރަށުން ތުލުސްދޫއަށް ބަދަލުވުމުގެ ޝައުގުވެރިކަން މީގެ ކުރިން ވަނީ ފާޅުކޮށްފައެވެ.
ރައީސް ޑރ.މުއިއްޒު މިއަދު ތުލުސްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގައި ތުލުސްދޫއަކީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ރަށެއްކަމަށާއި، އަދި ކުރިއަށްއޮތް ދުވަސްތަކުގައި އެފަދަ ކަންކަމަށް އެރަށުގެ ރައްޔިތުން މަރުހަބާކިޔާނެކަން އެނގޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ތުލުސްދޫ ރައްޔިތުންނާ ސަލާން ކުރުމުގައި... ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ތުލުސްދޫ ރައްޔިތުންނަށް ބޭނުންވާވަރަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށްފަހު، އާބަދީ އެއްފަސް ކުރަން ބޭނުންވާ ރަށްރަށުގެ ރައްޔިތުންނަށް އެރަށުން ބޯހިޔާވަހިކަން ދިނުންކަމަށެވެ.
ތުލުސްދޫގެ ރައްޔިތުންގެ ގެދޮރުގެ މައްސަލައަށް ބޭނުންވާ ގޯތި ދިނުން ނޫނިއްޔާ ހައުސިންގެ މައްސަލަ ހައްލުވާ ވަރު ޔަގީންކުރުން އެއީ އަސާސީ އެއް ކަންތައް. އޭގެ އިތުރަށް ދެން ޖާގަ އޮތް މިންވަރަކުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭނުންވަނީ އިތުރަށް ވެސް އާބާދީގެ ތަރައްޤީއަށް ފަސްކުރުމުގެ މަޝްރޫޢުތަ ރަށުގައި ހިންގަން
ރައީސް ވިދާޅުވިއެވެ
ރައީސް ވިދާޅުވީ ތުލުސްދޫގެ ތަރައްޤީއަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަގުހެދުމުގެ މަސައްކަތް ފަށާނޭކަމަށާއި، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި މަސައްކަތް ފެށުންކަމަށެވެ. މަގުތައް ހެދުންވާނީ ތުލުސްދޫ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނޭ ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ތުލުސްދޫގެ މަގެއް... ފޮޓޯ: ވޮއިސް
ތުލުސްދޫއަކީ އެރަށުގެ މަގުތަކުގެ ހާލަތު ވަރަށް ދަށުގައި އޮތް ރަށެކެވެ. ވާރޭ ވެހިއްޖެނަމަ ތުލުސްދޫ މަގުތަކުގއި ހިނގާބިނގާވެ އުޅެން ދަތިވާވަރަށް މަގުތަކުގެ ހާލަތު ގޯސްވާކަމަށް ރަށު ރައްޔިތުންނާއި އެރަށަށް ޒިޔާރަތްކުރާ މީހުން ފާހަގަކުރެއެވެ.
މީގެ އިތުރުން ރަށުގެ ހިއްކާފައިވާ ސަރަހައްދުގައި ގޯތިގެދޮރު އެޅުމުގެ މަސައްކަތާއި، އިތުރު ބަނދަރެއް ހެދުމުގެ މަސައްކަތްތާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗަކާއި ޑޮލަރު އޭޓީއެމެއް ރަށުގައި ބެހެއްޓުމަށް ނިންމާފައިވާކަން ރައީސް ވިދާޅުވިއެވެ.
ތުލުސްދޫއިން އެހެން ބަޔަކަށް ގޯތި ދޭނީ އެރަށު ރައްޔިތުންނަށް ގޯތި ކަށަވަރުކުރުމަށްފަހު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ