ދިރާގު ދުވުމުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕުން މުހިންމު ހިދުމަތެއް

މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލާ އެކީ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ކުރިއަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މި ދުވުމުގައި ބައިވެރިވި ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެންވީ މި ޕާޓްނަޝިޕްގެ ދަށުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދީފަ އެވެ.
މި ދުވުމުގައި 4,500އަށް ވުރެ ގިނަ ބައިވެރިން ވާދަކުރިއިރު، ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުންތައް ކުރިއަށް ގެންދިޔަ އެވެ.
ތަފްސީލް - ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ޓީމުތައް:
މައި މެޑިކަލް ޓެންްޓް އަދި ޓްރިއާޖް ޓެންޓުގައި، އެމްބިއުލާންސްގެ ހިދުމަތާ އެކު ފުރިހަމަ މެޑިކަލް ކަވަރޭޖް ފޯރުކޮށްދީފައިވޭ 
މި ރޭހުގެ ކުރިން މި މަހުގެ 21 އާއި 22ގައި ބޭއްވޭ ބިބް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކަށް ހިލޭ ސިއްހީ ޗެކަޕްގެ ހިދުމަތް ވެސް ފޯރުކޮށްދިން
ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދުޅަހެޔޮ ދިރިއުޅުމެއް އާލާކުރުމަށާއި މުޖުތަމައުގެ އެކުވެރިކަން އާލާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުން 
ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުން 
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންގެ ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ