މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ގެއްލުންތައް ލިބިގެން 14 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށް ނެޗަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އެކި ވަރުގެ ގެއްލުން ލިބިގެން އެންމެގިނައިން ރިޕޯޓް ލިބިފައިވަނީ ދެކުނުގެ އަތޮޅުތަކުންކަމަށެވެ. މިދިޔަ ދުވަސްތަކުގައި މުޅި ރާއްޖެއަށް ވިއްސާރަކޮށްފައިވާއިރު، މެޓް އޮފީހުން މިއަދުވެސް ވަނީ މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވާރޭ ވެހޭނޭކަމަށް ލަފާކޮށްފައެވެ.
ގެއްލުން ލިބުނު ރަށްތައް:
1. ގދ.މަޑަވެލި
2. ގދ.ހޯނޑެއްދޫ
3. ގދ.ނަޑެއްލާ
4. ގދ. ރަތަފަންދޫ
5. ގދ.ފަރެސްމާތޮޑާ
6. ގއ.މާމެންދޫ
7. ލ.މާވައް
8. ހދ.ނޮޅިވަރަންފަރު
9. ކުޅުދުއްފުށި ސިޓީ
10. ސ.މަރަދޫ
11. ރ.ފައިނު
12. މ.ދިއްގަރު
13. މ.މަޑުއްވަރީ
14. ފުވައްމުލައް ސިޓީ
އެ އިދާރާއިން ބުނީ، ވިއްސާރާގައި ގެއްލުން ލިބުނު ރައްތަކަށް ލިބިފައިވާ ގެއްލުންތަަށް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ.
ވިއްސާރާގައި ކުޅުދުއްފުށީ ގެއަކަށް ގެއްލުން ލިބިގެން އެހެން ގެއަކަށް އެއް ދުވަހުގެ މުއްދަތަށް ބަދަލުކުރަން ޖެހުނު ނަމަވެސް އިތުރު އެއްވެސް ރަށެއްގެ ގެޔަކުން މީހުން ނެރެންޖެހޭ ހާލަތަކަށް ގޮސްފައެއްނުވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ. މީގެ އިތުރުން ވިއްސާރާގައި ހދ. ނޭކުރެންދޫ ބޯޓަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބިގެން 14 ރަށަކުން ރިޕޯޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ