ކޯރަމް ހަމަނުވުމުން ކޮންޓްރޯލް ކޮމިޝަނަށް އައްޔަނުކުރާ މެންބަރުންގެ ވޯޓަށް ނޭހުނު ކޯރަމް ހަމަނުވުމުން ކޮންޓްރޯލް ކޮމިޝަނަށް އައްޔަނުކުރާ މެންބަރުންގެ ވޯޓަށް ނޭހުނު

އެކަށިގެންވާ މިންވަރަށް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިމުނު ވަގުތު މެންބަރުން ހާޒިރުވެ ނެތުމުން މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އައްޔަނުކުރާ މެންބަރުންގެ ވޯޓަށް ނާހައި މަޖިލިސް ނިންމާލައިފި އެވެ.
ރިޔާސަތު މިއަދު ބެލެހެއްޓެވި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް މެންބަރުން އައްޔަނު ކުރުމަށް ނަގާ ވޯޓުގައި މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން ބައިވެރިވާންޖެހޭ ކަމަށެވެ. އެއީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަށް ބަލާނަމަ 47 މެންބަރުންނެވެ.
"މިކަން މި އެޖެންޑާގައި ކުރިއަށް ގެންދެވެން ނެތް ވާހަކަ އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، ސަބަބަކީ މި މައްސަލައަކީ އަޅުގަނޑުމެން ގާނޫނެއްގެ ދަށުން ކުރާ މަސައްކަތެއް، އެ ގާނޫނުގެ 19 ވަނަ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ފަރާތްތަކެއް ކަމަށް މި ކޮމިޝަނަށް ހުށަހެޅޭ މެންބަރުން ވާންޖެހޭނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މަޖިލީހުގެ 17 މެންބަރަކު ރަސްމީ ދަތުރުތަކުގައި ރަށުން ބޭރުގައި އުޅުއްވާ ކަމަށެވެ. އަދި ދެ މެންބަރުން ސަލާމުގައި ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަށީގެންވާ މިންވަރަކަށް މެންބަރުން މަޖިލީހަށް ހާޒިރުވެ ނެތުމުން މިއަދުގެ ޖަލްސާގައި ދެންހުރި ކަންކަމަށް ވެސް މިއަދު ވޯޓަށް ނާހަ އެވެ. ދެން އޮންނަ ޖަލްސާއަކަށް ގިނަ މެންބަރުން މަޖިލީހަށް ހާޒިރުކޮށްދިނުމަށް ޕީޖީ ލީޑަރުންގެ ކިބައިން ނާޒިމް އެދިވަޑައިގެންނެވި އެވެ.
މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މެންބަރުކަމަށް ކުރިމަތިލި 10 މީހުންގެ ތެރެއިން ކޮމިޓީން އިންޓަވިއު ކުރުމަށްފަހު އިއްޔެ ވަނީ ތިން މެންބަރުންގެ ނަން ފާސްކޮށްފަ އެވެ.
ތަޅުމުގައި ވޯޓަށް އަހަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގު އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ