ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފި އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނަކާއި ދެ ކޮޅިގަނޑާ ގުޅިގެން މޫސުން ގޯސްވާނެ ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން: ރައީސް ހުޅުދޫ ރަ

ލ.އަތޮޅުގައި އެއާޕޯޓް އަޅާނެ ރަށެއް ކަނޑައަޅުއްވާނީ، ދަތުރުފަތުރާއި، ރަށުގެ އިގްތިސާދަށް އަދި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ގިނަ ރިސޯޓްތައް ތަރައްގީކުރެވެން އޮތް އެންމެ މުހިއްމު ސަރަހައްދެއްގައި ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، ލ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރޭގައި، ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެ އެއާޕޯޓް އަޅާނެ ރަށެއް ކަނޑައަޅުއްވާނީ، ދަތުރުފަތުރާއި، ރަށުގެ އިގްތިސާދަށް އަދި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ގިނަ ރިސޯޓްތައް ތަރައްގީރެވެން އޮތް އެންމެ މުހިއްމު ސަރަހައްދެއްގައި ކަމަށެވެ. އަދި އެއާޕޯޓް އަޅާނެ ސަރަހައްދެއް ވަރަށް އަވަހަށް ނިންމަވާ އެ ވައުދުފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެ އަތޮޅު ރައްޔިތުންނަށް ދެއްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އާޕޯޓު ތަރައްގީކުރައްވާނީ ދުރުރާސްތާއަށް ވިސްނަވައި އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ހިސާބެއްގައި އެއާޕޯޓެއް އެޅުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ލ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ ކައްދޫގައި އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ