ވަޓްސްއެޕް މެސެޖް އެއްފަހަރު ކިޔުމުން ފޮހެވޭ ފީޗާއެއް ތައާރަފްކުރަނީ

ވަޓްސްއެޕުން ފޮނުވާ ލިޔުންތައް ނުވަތަ މެސެޖުތައް އެއްފަހަރު ކިޔުމަށްފަހު އަމިއްލައަށް ފޮހެވޭ ގޮތް ހަދާ ފީޗާއެއް "ވިއު-ވަންސް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް މެޓާ އިން ފަށައިފިއެވެ. މި ފީޗާގެ ސަބަބުން މެސެޖު ލިބޭ މީހާއަށް އެ މެސެޖު ސޭވްކުރުމާއި، އެހެން މީހަކަށް ފޯވާޑްކުރުމާއި، އަދި ސްކްރީންޝޮޓް ނެގުން ފަދަ ކަންކަން ނުކުރެވޭނެއެވެ. މިއީ މިހާރުވެސް ފޮޓޯއާއި، ވީޑިއޯ އަދި ވޮއިސް ނޯޓްތަކަށް ބޭނުންކުރަމުންދާ ސެކިއުރިޓީ ނިޒާމު އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އާ ފީޗާ ފާހަގަކުރެވިފައި ވަނީ އައިއޯއެސްގެ ބީޓާ ވާޝަންއަކުން ކަމަށް މައުލޫމާތު ލިބެއެވެ. މެސެޖު ފޮނުވާ އިރު، ސެންޑް ބަޓަނަށް ފިއްތާލައިގެން ހިފަހައްޓާލުމުން "ސެންޑް އޭޒް ވިއު ވަންސް" ޚިޔާރުކުރުމުގެ ފުރުސަތު ފޮނުވާ ފަރާތަށް ލިބިގެންދާނެއެވެ. https://sun.mv/223400 މި ފީޗާ އާންމު ޗެޓްތަކާއި ގްރޫޕް ޗެޓްތަކުގައި ބޭނުންކުރެވުނު ނަމަވެސް، ވަޓްސްއެޕް ޗެނަލްތަކުގައި މި ސިފަ ބޭނުން ނުކުރެވޭނެއެވެ. މިހާރު ބައެއް މީހުން ސިއްރު މައުލޫމާތު ހިއްސާކުރުމަށްޓަކައި ލިޔުންކޮޅުތައް ފޮޓޯއަކަށް ހެދުމަށްފަހު އެއްފަހަރު ފެންނަ ގޮތަށް ފޮނުވަމުންދާތީ، އާ ފީޗާއާއެކު އެކަމަށް ޚާއްސަ ފަސޭހައެއް ލިބިގެންދާނެއެވެ. މި ފީޗާ މިހާރު ވަނީ އެންޑްރޮއިޑް ފޯނުތަކަށްވެސް ތައާރަފްކުރުމުގެ މަރުހަލާގައެވެ. ނަމަވެސް، އާންމު ކަސްޓަމަރުންނަށް މި ޚިދުމަތް ރަސްމީކޮށް ލިބޭނެ ވަގުތެއް އަދި ވަޓްސްއެޕުން ހާމައެއް ނުކުރެއެވެ. ވަޓްސްއެޕުން އެންމެ ފުރަތަމަ "ވިއު ވަންސް" ފީޗާ ތައާރަފްކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެ މަރުހަލާގައި މި ޚިދުމަތް ޚާއްސަކޮށްފައިވަނީ ހަމައެކަނި ފޮޓޯއާއި ވީޑިއޯ ފޮނުވުމަށެވެ. އޭގެ ފަހުން، ކާސްޓަމަރުންގެ ސިއްރުވެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ވަޓްސްއެޕުން ވަނީ މި ސެކިއުރިޓީ ނިޒާމުގެ ތެރެއަށް ވޮއިސް ނޯޓްތައްވެސް އިތުރުކޮށްފައެވެ. މި ފީޗާގެ މައިގަނޑު ބޭނުމަކީ މެސެޖު ލިބޭ މީހާގެ ފޯނުގައި އެފަދަ ޒާތީ މައުލޫމާތު ރައްކާވެފައި ހުރުން ހުއްޓުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ