މެސީގެ ހެޓްރިކާއެކު އާޖެންޓީނާގެ ފެށުން ރަނގަޅު

ލިއޮނަލް މެސީގެ ހެޓްރިކާ އެކު، 3-0 އިން އަލްޖީރިއާ ބަލިކޮށް، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން މި ފަހަރުގެ މުބާރާތް ގަދަކޮށް ފަށައިިފި އެވެ.  މެސީ ވަނީ މިއަދު ހެނދުނު ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި އާޖެންޓީނާ އަށް ލީޑު ނަގައިދީފަ އެވެ. އެއަށް ފަހު 60 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހި އިރު، ހެޓްރިކް ފުރިހަމަ ކުރީ 76 ވަނަ މިނިޓުގައި އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.މިއީ މެސީ ގައުމީ ޓީމަށް ކުޅެދިން 200 ވަނަ މެޗެވެ. މި މެޗުގައި ޖެހި ތިން ގޯލާ އެކު އޭނާ މިހާރު ވަނީ ގައުމީ ޓީމަށް 120 ގޯލު ހަމަ ކޮށްފަ އެވެ.އަލްޖީރިއާ އިން ދެ ވަނަ ހާފުގައި ރިޔާދު މާރޭޒް އާއި އޮސާމް އައުއާރު ކުޅެން އެރުވި އެވެ. އަދި، އޭގެ ފަހުން، އެ ޓީމުން ކޮންމެ ވެސް ވަރަކަށް ކުރިއަށް ޖެހިގެން އެޓޭކް ކުރެވޭތޯ މަސައްކަތްކުރި އެވެ. މި މެޗުގައި މެސީ ހެދި ހެޓްރިކަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކް ވެސް މެ އެވެ.މި ގްރޫޕުގައި އާޖެންޓީނާ އާއި އަލްޖީރިއާއާއެކު ހިމެނެނީ ޖޯޑަން އާއި އޮސްޓްރިއާ އެވެ. ޖޯޑަން އާއި އޮސްޓްރިއާގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިއަދު ހެނދުނު 9:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ