އަހުރެމެންގެ ހިތްތަކާއި ޢަމަލުތައް މިއަދު ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަދި އިސްލާމް ދީނާއި ދުރުކުރަމުން ގެންދާއިރު އަހުރެމެންނަށް (މިއަދުގެ މުސްލިމުންނަށް) ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވަވާފައިވާ މަތިވެރި ދަރަޖަ އެނގޭހެއްޔެވެ؟
ހަދީޘްފުޅުގައިވަނީ ޞަޙާބީންގެ ތެރޭގައި ހުންނަވައި ތިމަން ކަލޭގެފާނުގެ އަޚުން ދެކެވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަންނަވާކަމަށް ޙަދީޘްފުޅު ކުރެއްވެވި ކަމަށެވެ. އަދި އެކަމާއި ޞަޙާބީން ކަންބޮޑުވެވަޑައިގެން ކަލޭގެފާނުގެ އަޚުންނަކީ ތިމަންމެން ނޫންތޯ؟ ސުވާލުކުރެއްވެވުމުން، ޞަޙާބީންނަކީ އިތުރު އެކަލޭގެފާނުގެ ބައިވެރިން ކަމަށާއި އަޚުންނަކީ އެމީހުންނަށް ތިމަންކަލޭގެފާނު ފެނުމަކާއި ނުލައި ފަހުޒަމާނުގައި. އިސްލާމް ދީނުގައި، އިތުރުއެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކޮށް އުޅޭނެ މުސްލިމުން ކަމަށް ޙަދީޘްފުޅުކުރެއްވެވި ކަމަށެވެ.
ނިކަން ވިސްނައިލަބަލާށެވެ! އަހުރެމެންނަށް (މިއަދުގެ މުސްލިމުންނަށް) ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވަވާފައިވާ މަތިވެރި ދަރަޖަ މިއޮތީ އެނގޭށެވެ. އެ މަތިވެރި ދަރަޖަ އަހުރެމެންނަށް ދެއްވަވާފައިވަނީ ހަމަ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ ނުދެއްވަވާނަމަ ނުލިބުނީހެވެ. ނަމަވެސް އެ ދަރަޖަ ލިބޭނީ އެދަރަޖަ ޙޯދަން މަސައްކަތްކޮށްގެންނެވެ. މުސްލިމް މަންމައަކާއި ބައްޕައަކަށް ލިބުނު ދަރިއަކަށްވާތީ މުސްލިމް ނަމެއް ކިޔުމަކުން އަދި އެ މަތިވެރި ދަރަޖައެއް ނުލިބޭނެއެވެ.
ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! މިއީ ފަހުޒަމާންކަމަށް ބަލައި ޤުރްއާނާއި ސުންނަތަށް ފުރަގަސްނުދޭށެވެ. ޤުރްއާނާއި ސުންނަތާއި ދުރުހެލިނުވާށށެވެ! ޤުރްއާނާއި ސުންނަތުގައި ހިފަހައްޓަން ކުރާ މަސައްކަތް އިތުރުކުރާށެވެ. އެއިރުން ކޮންމެ މުސްލިމަކަށްވެސް ޙަދީޘްފުޅުގައިވާ ފަދައިން އެމީހަކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޚަކަށްވެވި ސުވަރުގޭގައި އިތުރުއެކަލޭގެފާނާއި އެންމެ ގާތުގައިވުމުގެ ޢިއްޒަތާއި މަތިވެރިކަން ލިބިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަހުރެމެންނަށް ޖެހޭނީ ކީރިތި ޤުރްއާނަށާއި ސުންނަތަށް ޢަމަލުކުރާށެވެ. ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ހިތުގެ އަޑިން ލޯބިވާބައަކަށްވާށެވެ! އިސްލާމް ދީނަށް ފުރިހަަމގޮތުގައި ޢަމަލުކުރާ ބައަކަށްވާށެވެ!
މީސްތަކުންނޭވެ! ޒަމާން ފަސްވުމަކުން އަހުރެމެންނާއި ﷲ ތަޢާލާ އާއި އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިވެސް އެއްވެސް މިންވަރަކަށް ދުރުވެގެން ނުދާކަން މިޙަދީޘްފުޅުން އެނގިގެން އެބަދެއެވެ.
ޒަމާންކިތަންމެ ފަސްވިޔަސް ﷲ ތަޢާލާ ވޮޑިގެންވަނީ އަހުރެމެންނާއެކު! ރަޙްމަތުގެ ދޮރުކޮޅުތައް ވަނީ ހުޅުއްވަވައި ލައްވަވާފަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ