މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ސެވަން އަ ސައިޑް ވެޓަރަންސް ލީގުގެ މެޗެއްގެ ތެރެއިން، ކްލަބް ވެލެންސިއާ ޓީމަށް ކުޅެމުން އަންނަ ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ)ގެ އަތަށް ސީރިއަސް އަނިޔާއެއް ލިބިއްޖެ އެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު އެމްއެސް މޭޓްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޝާހުގެ ކަނާތު އުޅަބޮށީގެ ކަށިގަނޑު ބިންދައިގެން ގޮސް، ދެ ސާޖަރީއެއް ހަދަން ޖެހިފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ޝާހު ވަނީ ބުނެފަ އެެވެ.
ކެރިއަރުގައި މިހާތަނަށް މި ގޮތަށް ލިބުނު އެންމެ ބޮޑު އަނިޔާ ކަމަށްވާތީވެ، ޝާހު ވަނީ މީގެ ފަހުން، ފިޒިކަލީ ފުޓްބޯޅައިގެ ކުޅުމުގެ އެއްވެސް ކަމެއްގައި ޝާމިލުވެ ނޫޅެން ނިންމައިފަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ޝާހު އަށް ފަރުވާދެނީ.
އަދި، މި ލިބުނު އަނިޔާ އިން އެއްކޮށް ރިކަވާވުމަށް ފޯކަސްކޮށް، ސާޖަރީ އާއި ރިހެބިލިޓޭޝަން ކުރިއަށްގެންދަން، ވެލެންސިއާ އާއި ނިއު ރޭޑިއަންޓްގެ ކުރީގެ ފޯވާޑް ޝާހު ވަނީ ނިންމައިފަ އެެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 15 ވަރަކަށް އަހަރު ކުޅުނު ޝާހު، އޭނާގެ ކެރިއަރު ނިންމާލުމަށް ފަހު، އެކިއެކި ވެޓަރަންސް މުބާރާތްތަކުގައި އަންނަނީ ކުޅެމުންނެވެ.
އެ ގޮތުން، 2008 އިން ފެށިގެން ކޮންމެ ރޯދަ މަހެއްގައި، ކަހަލަ ގޮތަކަށް ބާއްވަމުން އަންނަ ވެޓަރަންސް މުބާރާތްތަކުގެ ތެރެއިން ގިނަ މުބާރާތްތަކެއްގައި ޝާހު އަންނަނީ ކުޅެމުންނެވެ. އެކަމަކު، މި ފަހަރު މި ލިބުނު އަނިޔާއާ އެކު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ވެސް އަދާކުރި ޝާހު ނިންމާފައިވަނީ ވެޓަރަންސް މުބާރާތްތަކުގައި ކުޅުމުގެ ކެރިއަރަށް ވެސް މިހާ ހިސާބުން ނިމުމެއް ގެނައުމަށެވެ.
ވެޓަރަންސް މުބާރާތުގެ ތެރެއިން ޝާހު އަށް ސީރިއަސް އަނިޔާއެއް ވެޓަރަންސް މުބާރާތުގެ ތެރެއިން ޝާހު އަށް ސީރިއަސް އަނިޔާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ