ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ބިލު ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފި

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު 12 ދުވަސް ތެރޭ ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި މިއަދު އަނބުރާ ފޮނުއްވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލިސް މެންބަރަކު ޕާޓީން ވަކިވުމުން ނުވަތަ ކަނޑާލުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް އޮތީ ހުށަހަޅާފަ އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން އެ މައްސަލަ ބަލަމުންދަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި އެވެ. 
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލުގެ މަސައްކަތް ދެ ދުވަސް ތެރޭ ނިންމައި މިދިޔަ މަހުގެ 26ގައި ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސަށް ވަނީ ފޮނުވައިފަ އެވެ.
ތަފްސީލް - ނަމަވެސް ރައީސް އޮފީހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނިގޮތުގައި އެ ބިލު، "އަލުން ވިސްނެވުމަށް އެދިވަޑައިގެން" އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ވަނީ މިއަދު ފޮނުއްވައިފި އެވެ.
ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ