ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރަން ހުށަހަޅުއްވާފައިވަނީ، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވިޔަސް، އޭނާ އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ ގޮތުންނެވެ.
ނަމަވެސް، އެ ބިލު ޕީއެންސީގެ މެމްބަރުންގެ ތާއީދާ އެކު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.
އެ ބިލު ފާސްކުރިތާ ގާތްގަނޑަކަށް ދެ ހަފްތާ ފާއިތުވެފައިވާއިރު، ރައީސް އޮފީހުން މިރޭ ބުނީ، އެ ބިލު ތަސްދީގު ނުކުރައްވައި، އެ ބިލާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ މަޖިލީހަށް ރައީސް މުއިއްޒު މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
މި ބިލު މަޖިލީހަށް ހުށަހެޅީ، މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމާފައިވަނިކޮށެވެ.ސުޕްރީމް ކޯޓުން މި ގޮތަށް ނިންމީ، ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކާ މެދު ހުށަހަޅާ މައްސަލައެއް ބެލުމުގެ އިހުތިސާސެއް އެއްވެސް ކޯޓަކަށް ނޯންނާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވަނިކޮށެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް، ފަށަން ތައްޔާރުވެފައިވަނިކޮށް، އެ ބިލު ފާސްކުރުމުގެ ކުރިން އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ޖޭއެސްސީން ވަނީ ފަނޑިޔާރު އަލްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފަ އެވެ. އޭގެފަހުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭސީސީން ބަލަމުންދާ މައްސަލަ އާ ގުޅިގެން، ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ވަނީ ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލު ތަސްދީގެއް ނުކުރެއްވި، އަނބުރާ މަޖިލީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ