ބައެއް ސްކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތަށް ހިންގުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ތިން ކުންފުނި ކަމަށްވާ، އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރުޑީސީއާއެވެ.
މި މަސައްކަތްތަށް ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހްއެވެ.
އަދި އާރުޑީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއެވެ. ހަމަ އެހެންމެ އެމްޓީސީސީ ގެ ފަރާތުން ސޮއެ ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ އަހުމަދު ސައުދީއެވެ. މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި ވަސީލަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖުމްލަ 114.9 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ހުއްޓިފައިވާ މަޝްރޫއުތައް މި އަހަރު އަލުން ފެށުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
18 ރަށެއްގެ ސްކޫލްތަކުގައި ނުނިމި ހުރި މަސައްކަތްތައް ކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ