ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާއަށް، ޚަލީލް މޯލްޓާއަށް

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި މިއަދު މޯލްޓާއަށް ވަޑައިގެންފިއެވެ. ޚާރިޖީ ވުޒާރާއިން މިއަދު ބުނީ، މި ދަތުރުފުޅުގައި ޚަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު އިއަން ބޯގްއާ ބައްދަލުކުރައްވާނެ ކަމަށާއި އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އޭގެއިތުރަށް އެ ގައުމުގެ ކެބިނެޓުގެ އިތުރު އެހެން ބައެއް ވަޒީރުންނާ ޚަލީލް މި ދަތުރުފުޅުގައި ބައްދަލުކުރައްވާނެއެވެ. އެ ވަޒީރުންނާ މަޝްވަރާކުރައްވާނީ ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާ ގުޅޭގޮތުން ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ވަޒީރު ޚަލީލްގެ އަރިހުގައި ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު ވަނީ މޯލްޓާއަށް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ