އިމިގްރޭޝަންގެ ރަސްމީ ގަޑި ހެނދުނު އަށަކުން މެންދުރު 2އަކަށް ބަދަލުކޮށްފި

އިމިގްރޭޝަންގެ ރަސްމީ ގަޑި ހެނދުނު އަށަކުން މެންދުރު ފަހު، ދެއަކަށް ބަދަލުކޮށްފިއެވެ. މިހާތަނަށް އިމިގްރޭޝަނުން ރަސްމީ ގަޑީގެ ގޮތުގައި ޚިދުމަތް ދިނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. ނަމަވެސް، މިހާރު އިމިގްރޭޝަނުން ޚިދުމަތް ދޭ ރަސްމީ ގަޑިވަނީ ސިވިލް ސާވިސްއެކޭ އެގޮތަށް ބަދަލުކޮށްފައެވެ. https://x.com/ImmigrationMV/status/1909287965588963444 އެ އިދާރާއިން މިރޭ ބުނީ، މާދަމާއިން ފެށިގެން ޚިދުމަތް ދޭ ރަސްމީ ގަޑިއަކީ ހެނދުނު 08:00 އިން މެންދުރު ފަހު 02:00 އަށް ކަމަށެވެ. އެކަމަކު، ހުރިހާ ޚިދުމަތެއް މިހާރު ވެސް ދެމުންދާ ގަޑިތަކުގައި ފޯރުކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތުދީފައެވެ. އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ވިސާއާއި ޕާސްޕޯޓުގެ ޚިދުމަތް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ