އެޕްރީލްމަހު އުރީދޫ ކަލަންޑަރުން ބައްދަލުކުރާނީ ސަންތި މަރިޔަނބު ސައްހަ ވިސާ ނެތި މަސައްކަތް ކުރަމުން ދިޔަ 6 ބިދޭސީއަކު އަތުލައިގެންފި ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް- ރައީސް ރާއްޖޭގައި ލޮ

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢުގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހުސްނުކުރެވުމުގެ ސަބަބުން އެބިން ކޮންޓްރެކްޓަރާއި ހަވާލުނުކުރެވި މަސައްކަތް ލަސްވަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޢިމާރާތް ހުރި ބިން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ހުސްކުރެވިއްޖެނަމަ އެމަސައްކަތް މިހާރުވެސް މަޝްރޫޢު ރާވާފައިވާގޮތަށް ކުރިއަށްދާނެކަމަށެވެ. އަދި އެގޮތަށް އެބިން ހުސްނުކުރެވިއްޖެނަމަ، ބިން ހުސްކުރެވުނުހާ އަވަހަކަށް ވަކި މަޝްރޫޢެއްގޮތަށް އެމަގުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ޓަކައި ހުސްކުރަން ބޭނުންވާ އިމާރާތަކީ، އަދި އެ އިމާރާތް ހުރި ބިމަކީ ވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ދެ އަހަރެއްހައި ދުވަހު މަސައްކަތްކޮށްގެން ވެސް، އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން އެ ތަން ހުސްކުރުމަށް ދެކޮޅު ހަދާފައިވާތީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީއާ އެ ތަން ވަނީ ހަވާލު ނުކުރެވިއެވެ.
އެ އިމާރާތް މިހާރު ބޭނުންކުރަމުން ދަނީ އީކުއޭޓަރ ވިލެޖްގެ އެކޮމޮޑޭޝަން ބްލޮކް އެއްގެ ގޮތުގައެވެ.
މި މައް؛ސަލަ އާއި ގުޅޭ ގޮތުން ހިތަދޫ މެދުދާއިރާގެ މެމްބަރު އަޒާން ވިދާޅުވެފައިވަނީ މީގެ ކުރިން ގަން އެއާޕޯޓު ކޮމްޕެނީން ވަނީ އެތަނުގެ ބަދަލުގައި އެހެން ސަރަހައްދެއް އީކުއޭޓަރ ވިލެޖަށް ހަމަޖައްސައި ދީފައި ނަމަވެސް، އީކުއޭޓަރ ވިލެޖުން އެފަރާތުގެ އެކޮމޮޑޮޝަން ބްލޮކް ނެގުމަށް ވަނީ ދެކޮޅު ހަދާފައި ކަމަށެވެ.
އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގައެވެ. އެހެންނަމަވެސް މިމަސައްކަތް ކުރިއަށްނުގޮސް ދިގުލައިގެންވަނީ ގޮސްފައެވެ.
ވަޒީރު ވިދާޅުވީ މިމަޝްރޫޢަކީ ވަކި މުއްދަތަކަށް ނިންމަންޖެހޭ މަޝްރޫޢުއެއްކަމުން އެމުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމޭނަމަ ދައުލަތަށް މާލީ ގެއްލުންވާނެ ކަމަށެވެ. އެހެންކަމުން އެއިމާރާތް ހިމެނޭ ސަރަޙައްދުގެ މަގު ހެދުމުގެ ބައި ޕްރޮޖެކްޓުން އުނިކުރުމަށް ނިންމާ އެކަން ކޮންޓްރެކްޓަރަށް އެނގުމަށް، އެއަރޕޯޓު ހިންގަމުން އަންނަ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މިހާރުކުރަމުންދާ މަސައްކަތުން މިމަޝްރޫޢުގެ މަސައްކަތް ރާވާފައިވާގޮތަށް ކުރިއަށްގޮސް ނިންމާލެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.
މިއީ އިންޑިއާ އެގްޒިމް ބެންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ 28.5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ