ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޭން ނެގި ލީސް އެކުއިޒިޝަން ކޮސްޓު ދޫކުރަން އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް) އިން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ޓޫރިޒަމް މިނިސްޓްރީން އަގުތައް ހިއްސާނުކުރި އެވެ.
ލީސް އެކުއިޒިޝަން ކޮސްޓު ހާމަކުރަން އައިކޮމްއިން އެންގީ، ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަނުގެ ލީސް އެކުއިޒިޝަން ކޮސްޓު ހޯދަން އަދަދު އިން ޓޫރިޒަމް މިނިސްޓްރީން ހުށަހެޅި އާރުޓީއައިއަކާ ގުޅިގެން، ބޭއްވުނު އަޑުއެހުންތަކަށް ފަހުގަ އެވެ.
އާރުޓީއައިއަށް ފުރަތަމަ ދިން ޖަވާބުގައި ޓޫރިޒަމުން ބުނީ އެ މައުލޫމާތަކީ އެއްބަސްވުމުގައި ހިމެނޭ "ނަން ޑިސްކްލޯޝާ އެންޑް ސާކަމްވެންޝަން" މާއްދާގެ ދަށުން ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ. މި ޖަވާބާ މެދު ހިތްހަމަނުޖެހިގެން އެ މިނިސްޓްރީގައި އޮންނަ ރިވިއު ކޮމިޓީއަށް ހުށަހެޅުމުން ވެސް އެ މައުލޫމާތު ނުދެވޭނެ ކަމަށް ނިންމި އެވެ.
ނަމަވެސް މި މައްސަލަ އައިކޮމްގައި އިލްތިމާސްކުރުމާ ގުޅިގެން އެ އޮފީހުން އެގްރީމަންޓުތައް ބެލިއިރު، އެއްބަސްވުމުގައި އޮތް އެ މާއްދާއަކީ ލީސް އެކުއިޒިޝަން ކޮސްޓު ސިއްކުރެވޭނެ މާއްދާއެއް ނޫން ކަން ވަނީ ހާމަވެފަ އެވެ.
މައުލޫމާތު ނުދޭން ނެގި މާއްދާގައި ސިއްރުކަމަށް ބަޔާންކޮށްފައި ވަނީ ވިޔަފާރިއާ ގުޅޭ އަގުތަކާއި, މާލީ މުއާމަލާތްތަކުގެ އެއްބަސްވުންތައް ފަދަ, އެއްބަސްވުމުގެ ބައިވެރިން އެއް ފަރާތުން އަނެއް ފަރާތަަށް ފޯރުކޮށްދޭ މައުލޫމާތެވެ. މިކަމަށް ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ އެއްބަސްވެފަ އެވެ.
ތަންތަނުގެ އެކުއިޒިޝަން ކޮސްޓު މި ނޫހާ ހިއްސާކުރަން ޓޫރިޒަމް މިނިސްޓްރީއަށް ދިނީ ރަސްމީ ހަތް ދުވަހުގެ މުއްދަތެކެވެ. މި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މައުލޫމާތުތައް ނުދޭއިރު، ނިމުނު ހަފުތާގެ ބުރާސްފަތީގައި އެ މައުލޫމާތު ދޭނެ ކަމަށް އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ބުންޏެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައުލޫމާތު ނުދެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން, ޓޫރިޒަމްގެ ބޭނުންތަކަށް 16 ތަނެއް ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ރަށާއި ނުވަ ފަޅެވެ.
މީގެ ތެރެއިން ބައެއް ތަންތަން ދޫކޮށްފައި ވަނީ ވަރަށް ކުޑަ އަގުތަކެއްގަ އެވެ. ބައެއް ފަޅުތައް ދޫކޮށްފައި ހުރީ އެ ފަޅުގެ ތެރޭގައި އޮތް ފިނޮޅުގެ ބިމުގެ ސަރަހައްދައް އަގު ނަގައިގެން، ފަޅުގެ ބޮޑު ސަރަހައްދެއް ތަރައްގީކުރެވޭ ގޮތަށެވެ.
އައިކޮމްއިން އެންގުމުން ވެސް ޓޫރިޒަމަށް ދޫކުރި ތަންތަނުގެ އަގު މިނިސްޓްރީން ނުދިން އައިކޮމްއިން އެންގުމުން ވެސް ޓޫރިޒަމަށް ދޫކުރި ތަންތަނުގެ އަގު މިނިސްޓްރީން ނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ