ސެންޓްރަލް ރީޖަންގައި މިހާރުވެސް 7 ރަށެއްގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުންޏެވެ.
އާރުޑިސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ސެންޓްރަލް ރީޖަންގެ ރަށްތަކުގައި އެކުންފުނިން ކުރިއަށްގެންދާ މަގުތައް ހެދުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ހިއްސާކޮށްފައެވެ. އާރުޑީސީން ވަނީ ސެންޓްރަލް ޒޯނުގައި މަގުތައް ހަދަން ފަށާފައިވަނ، ނ އަތޮޅުން ހޮޅުދޫ، ވެލިދޫ، ޅ.ހިންނަވަރު، މ.މުލައް، އއ.ތޮއްޑޫ، އަދި އދ.މާމިގިގިއްޔާއި، ދ.ކުޑަހުވަދޫގައެވެ.
މީގެ ތެރެއިން ހިންނަވަރުގެ ބައެއް މަގުތަކުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި ކޭބަލް ޖަންކްޝަން ހޮޅިތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މ.މުލަކުގެ މަގުތަކުގެ ދުވާރާއި، ބައެއް މަގުތަކުގެ ޕަމްޕު ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
Advertisement
ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ގިނަ ރަށްތަކެއްގައި މަސައްކަތްތައް ފަށާފައިވައިރު، ބައެއް ރަށްތަކުގެ މަގުތައް މިހާރު ވަނީ ނިމުމަކާ ހަމަޔަށް އައިސްފައެވެ.
ސެންޓްރަލް ރީޖަންގައި މިހާރުވެސް 7 ރަށެއްގައި މަގުތައް ހަދަމުންދޭ: އާރުޑީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ