ޓެކްސީ ނަފާ ލޯން ސްކީމުގެ ދަށުން ދޫކޮށްފައިވާ ލޯނުތައް ލިބުނު ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކައް ހައްލު ހޯއްދަވައިދެއްވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާއްމު ފަރާތްތަކުން، ޓެކްސީ ނަފާ ލޯނު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުން ހިއްސާކޮށް ޕޯސްޓްކޮށްފައިވާ މެސެޖަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ސައީދު ވިދާޅުވީ، ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކަކާއި ޙައްލުތަކެއް ހޯދަން މަސައްކަތްކޮށްދިނުމަކީ މިނިސްޓަރުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކޭކަމަށެވެ.
އަދި އެ ސިޓީގައި ފާހަގަކޮށްފައިވާ އެންމެހާ ކަންކަން ބަލައި ދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު އަންގަވާފައިވާކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތްދީ، ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލެއް ހޯދައި ދިނުމަށް މަސައްކަތްކުރުންކަމަށެވެ.
ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ޓެކްސީ ނަފާ ލޯނު ސްކީމްގައި ހުރި ކަންބޮޑުވުންތަކައް ހައްލު ހޯދައިދޭނަން: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ