ސިފައިންގެ ހިނގާލުމުގައި ބަރުހަތިޔާރާ އެކު އަސްކަރީ އާ އުޅަނދުތައް ދައްކާލައިފި

ދިވެހި އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތަކާއެކު ސިފައިންގެ ދުވަހުގެ ޝަރަފުގެ ހިނގާލުން މިއަދު ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - ބަންޑާރަ ކޮށި ސަރަހައްދުން ފެށި ހިނގާލުމުގެ ލަޝްކަރު ރައީސް އޮފީސް ސަރަހައްދަށް މަޑުކުރުމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ހިނގާލުން އިންސްޕެކްޓުކޮށްދެއްވައިފަ އެވެ.
ތަފްސީލް - މިއަދުގެ ހިނގާލުމުގައި ސިފައިންގެ ހިދުމަތަށް އަލަށް ގެނައި އާމްޑް ވެހިކަލްތައް ވެސް ވަނީ ދައްކާލައިފަ އެވެ. އެ ހިނގާލުމާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް އާ ވާހަކަ ދެއްކެވި އެމްއެެންޑީއެފްގެ ކޮމާންޑު ސާޖެންޓު މޭޖާ އަބްދުﷲ ސައީދު ވިދާޅުވީ: 
މީގެ ކުރިން ވެސް އަސްކަރިއްޔާ އިން އެއްގަމުގައި މިފަދަ އަސްކަރ ވެހިކަލްތައް ގެންގުޅޭ 
ނަމަވެސް މިފަހަރު ގެނައި ވެހިކަލްތަކަކީ ފަހުގެ ޒަމާނީ އުފެއްދުންތަކެއް ކަމަށް ވިދާޅުވި
"އެއްގަަމުގެ ސަރަހައްދުތަކަށް ހާއްސަކުރެވިފައި އަދި މަޑު ފަސްގަނޑުތަކުގައްޔާއި ހަރުކޮށް ހުންނަ ތަންތަނުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ހުރި ވެހިކަލްތަކެއް މިއީ،" އޭނާ ވިދާޅުވި އެވެ.
މިއީ މާލޭގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑުތަކުގައި ވެސް ބޭނުން ކުރެވޭނެ އުޅަނދުތަކެއް ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ދިފާއީ ގޮތުން ރާއްޖެއަށް ލިބުނު ކުރިއެރުމެކެވެ. 
އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތަކުގެ ތަފްސީލު ޑިފެންސް މިނިސްޓްރީ އިން އަދި ހާމައެއް ނުކުރެ އެވެ.
ގުޅުންހުރި - ތުރުކީން މި ފަހުން ވަނީ މިސައިލް ފޮނުވޭ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން ހާމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ