ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ސިފައިންގެ 133 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ބައްލަވާލައްވައިފި އެވެ.މިއަދު ހަވީރު، ބަންޑާރަކޮށިން ފެއްޓި މަގުމަތީ ހިނގާލުމުގައި ލަޝްކަރު ރައީސްގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ މުހައްމަދު މުއިއްޒު އެވެ.މާލޭގެ ވަކި މަގުތަކެއްގައި ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު ފަސް ސަރަޙައްދެއްގައި މަޑުކޮށް، އަސްކަރީ ބޭންޑުން ރާގުތައް ކުޅެފައިވެ އެވެ. ސިފައިންގެ އަހަރީ ދުވަހުގެ މިއަދުގެ ޕެރޭޑުގައި ވަނީ ސަފައިންގެ ބޭންޑާއި ސިފައިންގެ އެއްގަމާއި ކަނޑާއި ވައިގެ ބާރުތަކުގެ ހަރަކާތްތަކާއި އަސްކަރިއްޔާގެ ބައެއް އުޅަނދުތައް ވެސް ދައްކާލި އެވެ،ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ސިފައިންގެ ހިދުމަތް ފައްޓަވާފައިވަނީ 21 އެޕްރިލް 1892 ގައެވެ.ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރުމަކީ ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތައް ކަމަށް ވިދާޅުވެފައިވާއިރު ދާދި ފަހުން ތުރުކީ އިން ވަނީ ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެއް ރާއްޖެ އަށް ހަދިޔާކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ