ސައިކަލެއް ވަގަށް ނަގައިގެން ދުއްވިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން ރޭ ފަތިހު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ: ލ. މާވަށް / ގްލޯރީ، އަހުމަދު ވިސާން (30އ) ގދ. ގައްދޫ /ބުލާޝަމްއާގެ، މުހައްމަދު އަތީފް (48އ) ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހު ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ކަމަށެވެ. އެގޮތުން ހުޅުމާލެ ދިއްގާމަގު، ބީޗް ކުލަބު ކައިރިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ސައިކަލަކީ ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލެއްކަން ތުހުމަތުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ. ވައްކަމުގެ މައްސަލަތަކަކީ މުޖުތަމައުގައި ވަރަށް އާއްމު މައްސަލައެކެވެ. ނަމަވެސް ފުލުހުން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން އެނގުނު ގޮތުގައި ފާއިތުވި ރޯދަމަހު ވައްކަމުގެ މައްސަލަތައް ވަނީ މަދުވެފައެވެ. އެގޮތުން ވައްކަމުގެ 342 މައްސަލައެއް ރިޕޯޓުކުރިއިރު އެފަދަ މައްސަލަތަކުގައި 104 މީހުން ހައްޔަރުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ