މައްސަލައަކީ ވެރިކަމުގެ ނިޒާމު؛ ވެރިންނެއް ނޫން: ނަޝީދު

ރާއްޖޭގައި ހުރި ނުރަނގަޅު ގިނަ ކަންތައްތަކުގެ އަސްލަކީ ރިޔާސީ ނިޒާމު ކަމަށާއި ވެރިންގެ މައްސަލައެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
ތަފްސީލް - ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަށް އަބަދު ވެސް ވަކާލާތު ކުރައްވާ ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމާއި ޕްރިފަރެންޝަލް ވޯޓިންްއަށް ބަދަލު ވެއްޖެ ނަމަ އެތައް ކަމެއް އިސްލާހުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިހާރު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ނަޝީދު، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ނުވަތަ ޕާލިމެންޓްރީ ނިޒާމެއް އޮތުމަށް ތާއީދު ކުރައްވާ އަނެއްކާވެސް ވާހަކަފުޅު ދެއްކެވި އިރު، ނިމިދިޔަ 19 ވަނަ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނަވައިގެން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތްކުރައްވައި ކެމްޕޭނެއް ވެސް ކުރެއްވި އެވެ.
ފާހަގަ ކުރެވޭ - ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ޖެހޭ ގޮތް ބަދަލުކޮށް، ޕްރިފަރެންޝަލް ވޯޓިން ނިޒާމަކުން އެއް ބުރުން ރިޔާސީ އިންތިހާބު ނިންމަން ތާއީދުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ