ޖުލައި މަހު އޮންނަ ހުޅުމާލޭ ރަންގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހުޅުމާލޭގައި 4 ޖުލައިގައި އޮންނަ 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރު އަދި ކުޑަކުދިންގެ އެއް މޭލު ހިމެނޭ 'ހުޅުމާލެ ރަން'ގައި ރަޖިސްޓްރީވާ މީހުންގެ މެދުގައި ނަގާ ގުރުން ހޮވިއްޖެ ނަމަ ލިބޭ އިނާމުތައް މިހާރު ވަނީ ހާމަކޮށްފަ އެވެ. ރަޖިސްޓްރީވާ މީހުންގެ ތެރެއިން ޖުމްލަ 25 ނަސީބު ނަންބަރު ނަގަ އެވެ.
ނަސީބުވެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:
އެކަކަށް މެލޭޝިއާއަށް ދެކޮޅު ޓިކެޓް ހިލޭ
އެކަކަށް މެލޭޝިއާގެ ދެ ކޮޅު ޓިކެޓް %50 ޑިސްކައުންޓަކާ އެކު
ސެމްސަންގް ކިޔޫލެޑް ޓީވީއެއް
ޑެލް ބްރޭންޑްގެ ލެޕްޓޮޮޕެއް
ކަރޯކޭ ސިސްޓަމެއް
"އަޅުގަނޑުމެން ހޮވާ 25 ނަސީބުވެރިންނަށް ތަފާތު އިނާމުތައް ލިބޭނެ،" ހުޅުމާލެ ރަން އިންތިޒާމްކުރާ އެލީޓް ރަނާސް މޯލްޑިވްސްގެ އެއް ފައުންޑަރު އަދި ދިގު ދުވުންތެރިޔާ އަހުމަދު ޝަރަފް ބުންޏެވެ.
މިދިއަ އަހަރު ބާއްވަން ފެށި މި ރޭހުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިހާތަނަށް ލިބެމުން އަންނަ ތަރުހީބު ބޮޑު ކަމަށް ވެސް ޝަރަފް ބުންޏެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުން ފަށައި އަދި އެތަނަށް ނިންމާ ގޮތަށް އޮންނަ ރޭހުގައި ރަޖިސްޓްރީކުރަން ފީއެއް ނަގަ އެވެ. އެގޮތުން:
10 ކިލޯމީޓަރުގެ ރޭސް: 420ރ
5 ކިލޯމީޓަރުގެ ރޭސް: 310ރ
1 މޭލު ރޭސް (12 އަހަރުން ދަށް): 150ރ
މީގެ އިތުރުން މި ރޭހުގައި އިތުރު ބައިތަކެއް ވެސް ވަނީ ހިމަނައިފަ އެވެ. އެއީ:
5 ކިލޯމީޓަރުގައި 13-17 އަހަރާ ދެމެދުގެ ދުވުންތެރިންނަށް ހާއްސަ ބައެއް
10 ކިލޯމީޓަރުގައި 41 އަހަރުން މަތީގެ ދުވުންތެރިންނަށް މާސްޓާ ކެޓެގަރީ
ރޭހުގެ ކޮންމެ ބަޔަކުން ވަނަ ހޯދާ ދުވުންތެރިންނަށް ފައިސާގެ އިނާމު ވެސް ވަނީ ހުށައަޅައިފަ އެވެ.
ހުޅުމާލެ ރަންގައި ރަޖިސްޓްރީވެގެން މެލޭޝިއާގެ ދެ ކޮޅު ޓިކެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ