ރައީސް ޑރ. މުޢިއްޒު އިއްޔެ ދެއްކެވީ ފުރިހަމަ އީމާންތެރިއަކަށް ނޫނީ ނުދެއްކޭނެ ޘާބިތު ކަމުގެ ނަމޫނާއެއް!

އިންސާނުންގެ ކަންކަމަށް ބަލާއިރު ގިނަ ބައަކަށް ކޮންޓްރޯލްނުކުރެވޭ އެއްކަމަކީ ކުރިމަތީގައި ހުރެގެން ތިމާއާއިމެދު ދޮގު ހެދުމެވެ. ޚާއްޞަކޮށް ގިނަ ގިނަ ބައެއްގެ ކުރިމަތީގައި ތިމާ ފަޟީޙަތްކުރުމެވެ. އެޙާލަތުގައި ކެތްތެރިވެ ޘާބިތުވުމަކީ އީމާންތެރިކަން ވަރަށް ވަރުގަދަ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. 
ބައެއް ދޮގުތައް އެއް ނޫސްވެރިއަކު ހެދުމުން އެކަން ދޮގުކަމަށް ވިދާޅުވީމާ ހަމަ އެދޮގު ތަކުރާރުކޮށް އެހެން ނޫސްވެރިން ހަދައި ސުވާލުތައް އުފައްދައި ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނު ފަޟީޙަތްކުރަން މަސައްކަތްކުރަމުން ގެންދިއައިރުވެސް ކޯފާއިސްކުރެއްވުމުގެ އަސަރެއްވެސް މޫނުފުޅުން ނުދައްކަވައި ޖަވާބު ތަކުރާރުކުރައްވަމުން ގެންދެވި ގެންދެވުން އެއީ ކެތްތެރިވެވަޑައިގަތުމާއި ޘާބިތުވެވެޑައިގެން ހުންނެވި ކަން ވަރަށް ވަރަށް ފުރިހަމައަށް ހާމަވެގެންދިއަ ކަމެކެވެ.
އެޙާލަތުގައިވެސް ވިދާޅުވަމުން ގެންދެވީ ތެދުކަން ޘާބިތުކަން ދެއްވުމުގެ ގޮތުން ހުވާކުރައްވަން މުޞްޙަފެއް ހޯއްދަވައިލެއްވިތަންވެސް ފެނިގެންދިއައެވެ. މުޞްޙަފްގައި އަތްޕުޅު ލައްވައި ހުވާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ. މިއީ ޤައުމެއްގެ ރައީސެއްގެ ކިބައިން ޢާންމުކޮށް ފެންނާނެ ކަމެއް ނޫނެވެ. 
ރައީސް ތަކުރާރުކުރައްވައި ނޫސްވެރިންގެ ކިބައިން އެދިވަޑައިގަތީ ތެދުޚަބަރު ފެތުރުމަށެވެ. ދޮގު ޚަބަރު ނުފެތުރުމަށެވެ. 
ނޫސްވެރިންގެ ބައްދަލުވުންތަކުގައާއި ސޯޝަލް މީޑިއާގައާއި އެނޫންވެސް ގޮތްގޮތަށް ދޮގު ޚަބަރު ފެތުރުމުގައި ކުރިއަރައިދާން ފެށި ސަބަބަކީ ނޫސްވެރިކަމުގެ އަޚްލާޤުން ބޭރުވެ ބޮޑެތި ދޮގުތައް ހަދަން ފަސްނުޖެހުމަކީ ސަރުކާރު ބަދަލުވުމުން ދައުލަތުގެ އިދާރާތަކުގެ ތަފާތު ބޮޑެތި މަޤާމުތައް ލިބޭ ކަމަކަށް ބަދަލުވި ހިސާބުންނެވެ. އެކަން އެގޮތަށް ހިނގަމުން އަންނަތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ސަރުކާރު ބަދަލުވެއްޖެނަމަ ލިބިދާނެ މަތީ މަޤާމަކަށް އުންމީދުކުރުމުގެ ފުރުޞަތު ބޮޑުކަމަށް ޤަބޫލުކުރެވެން ފެށުމުންނެވެ. 
އެއްވެސް މުސްލިމަކާއިމެދު ދޮގު ވާހަކަތައް ފެތުރުމަކީ ފާފައެކެވެ. އެކަމުގެ ޒިންމާ އެކަންކުރި މީހަކަށް އުފުލަންޖެހޭނެއެވެ. އެކަން ޢިލްމްވެރިން ގެންދަވަނީ ދަރުސްތަކުގައި ބަޔާންކޮށްދެއްވަމުންނެވެ. 
"އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ޚަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެކެވެ. އެކަން ނުކުރާށެވެ!"
--އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ