ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާދެނީ ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާދެނީ

ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހުންގެ ރެކްރޫޓެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ފުލުސް މީހާގެ ހާލު ދެރަވެގެން ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ރޭ ފަތިހު ގެންދިޔުމަށްފަހު، އޭނާ މިއަދު މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އެ ފުލުސް މީހާގެ ހާލު ވަރަށް ސީރިއަށް ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ ފުލުސް މީހާ ހާލު ދެރަވީ ކީއްވެގެން ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އަދި ސިފައިންގެ ތަމްރީނުތަކުގައި މަދުން ނަމަވެސް އަނިޔާވެ ނުވަތަ ހާލު ދެރަވެގެން މީހުންނަށް ފަރުވާ މީގެ ކުރިން ވެސް ދީފައިވެ އެވެ.
ބައެއް ފަހަރު ހިތާމަވެރި ހާދިސާތައް ވެސް ތަމްރީންތަކުގައި ހިނގާފައިވާކަން ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ