އޮސްޓްރޭލިއާގެ ބޮޑުވަޒީރު، އެންތަނީ އަލްބަނީޒް، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި ޕޯސްޓުގައި އެ މަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވައި، ބޮޑުވަޒީރު އަލްބަނީޒްގެ މި ކާމިޔާބީއަކީ އޮސްޓްރޭލިއާ ރައްޔިތުން އެ މަނިކުފާނަށް ކުރައްވާ ބޮޑު އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އުންމީދު އައު ކުރައްވަމުންނެވެ.
އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއިން ދަނީ، މެރިޓައިމް ސެކިއުރިޓީ، ވިޔަފާރި، ޓްރާންސްނޭޝަނަލް ކްރައިމް އެންޑް ކްލައިމެޓް ޗޭންޖް، އަދި ކަނޑުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން، ޤާބިލުކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާއާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ ވަސީލަތްތައް މެނޭޖްކުރުމުގައި އޮސްޓްރޭލިއާގެ ތަޖުރިބާ ޙިއްޞާކުރުމާއި، ސިވިލް ސޮސައިޓީ ހަރުދަނާކޮށް، ހިންގުމުގެ ޤާބިލުކަން އިތުރުކުރުމާއި އދ.ގެ ޕާޓްނަރުން މެދުވެރިކޮށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދެޤައުމުން ދަނީ އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ