އުރީދުއަށް 20 އަހަރު: 20 މީހުންނާއެކީ ކަނޑުއަޑީގެ ދުނިޔޭގެ ރެކޯޑެއް ހަދައިފި

އުރީދޫ މޯލްޑިވްސް އިން އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބާއްވައި އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 20 މީހުންނާ އެކު ކަނޑުއަޑީގައި ދުނިޔޭގެ ރެކޯޑެއް އިއްޔެ ހަދައިފި އެވެ.
ވީ ކިހިނެއް؟ - ބ. ފުޅަދޫގެ ކަނޑުއަޑީގައި ބޭއްވި މި ހަރަކާތުގައި ބައިވެރިވި 20 މީހުންގެ ތެރެއިން ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ފަސް ޕެނަލިސްޓުން ވަނީ ގިނިސް ވޯލްޑް ރިކޯޑު ހެދުމަށްޓަކައި ކަނޑުއަޑީގައި ކޮންމެ ޕެނަލިސްޓަކު 2 މިނެޓަށް ވުރެ ގިނައިން ވާހަކަ ދައްކަވާފަ އެވެ.
ތަފްސީލް - ޕެނަލިސްޓުންގެ ގޮތުގައި ހިމެނިވަޑައިގަތީ:
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ
ބްރިގޭޑިއަ ޖެނެރަލް މުޙައްމަދު ސަލީމް
އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަ އޮފް އޮޕަރޭޝަންސް ޝަބީން އަލީ
އުރީދޫ މޯލްޑިވްސްގެ ސީނިއަ މެނޭޖަރު ޓްރާންސްމިޝަން އަފްޝީން މުހައްމަދު
މި ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ އިބްރާހިމް އަދި އުރީދޫގެ އިސްވެރިންނާއި ރާއްޖޭން ބޭރުގެ މީހުން ވަނީ ބައިވެރިވެފަ އެވެ.
ބުނީ ކީކޭ؟ - "މިއީ ހަމައެކަނި ރެކޯޑެއް ހެދުމެއް ނޫން. މިއީ އިނޮވޭޝަންގައި އެއްވެސް ލިމިޓެއް ނެތްކަން ސާބިތުކޮށްދިނުން،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
"ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މިއީ ޓެކްނޮލޮޖީ، ހިތްވަރާއި އުފެއްދުންތެރިކަމާ ގުޅިއްޖެ ނަމަ، އަޅުގަނޑުމެން ހީކުރި މިންވަރަށް ވުރެ އިތުރަށް ގެންދެވޭނެ ކަމުގެ ރަމްޒެއް."
ފާހަގަކޮށްލެވޭ - އުރީދޫއަކީ ފެށުނީއްސުރެ ޓެކްނޮލޮޖީގެ ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެގޮތުން:
3ޖީ، 4ޖީ އަދި 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރީ އުރީދޫން
ސްމާޓް ހޯމްތަކުން ފެށިގެން އޭއައި ހިދުމަތްތަކާ ހަމައަށް ހުރިހާ ކަމެއް ބާރުވެރިކޮށް، ޑިޖިޓަލް-ފަސްޓް ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މިއަދު ވެސް އެ ކުންފުނިން ހަރަކާތްތެރިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ