ރައީސް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ތެލެސީމިއާ ކުދިންނަށްޓަކައި އެމަނިކުފާނު ހާމަކުރެއްވި ތަސައްވުރާއި، ވީ ވައުދުތައް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ.
ތެލެސީމިއާގެ އުނދަގޫ ތަހައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމައު ބައިވެރިވުމަށާއި، އެކުދިންނަށް ލިބެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ތެލަސީމިއާ ދުވަހާ ގުޅިގެން ރައީސް މިއަދު ފޮނުއްވި ހިތޯބުގައި ވިދާޅުވީ އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ގައުމަކީރާއްޖެއެވެ. އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލެސީމިއާ ވާރުތަވުމުގެ ފުރުސަތު އޮތް ކެރިއަރެއް ކަމަށާއި، އެހެންކަމުން، ތެލަސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ރާއްޖޭގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ތެލެސީމިއާ ކުދިންނަށްޓަކައި އެމަނިކުފާނު ހާމަކުރެއްވި ތަސައްވުރާއި، ވީ ވައުދުތައް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ. "ތެލެސީމިއާ ކުދީންނާއި އާއިލާތަކާއި ސީދާ އަޅުގަނޑު ބައްދަލުވެ، އަޑުއަހައި، އަދި އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައި އޮތް ކަންކަން ހަމަމަގަށް އަޅުވަން، އަޅުގަނޑުމެން މިކުރާ މަސައްކަތުން، އިރާދަކުރެއްވިއްޔާ މިކުދީންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނަން،" ރައީސް ވިދާޅުވި އެވެ.ރައީސްގެ ހިތޯބުގައި ވިދާޅުވީ، ތެލެސީމިއާ ކުދިންގެ ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި، އެކުދިންނަށް ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ. އެއީ ހަމައެކަނި ފަރުވާ ނޫން ކަމަށާއި، އެކުދިންނާ އޯގާތެރިކޮށް މުއާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހަގުތަކެއްވެސް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ދިވެހީންނަކީ އިހުސާންތެރިކަމާއި އަޅައިލުމުގައި ލާމަސީލު ނަމޫނާއެއް. ތެލެސީމިއާގެ އުނދަގޫ ތަހައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމައު ބައިވެރިވުމަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަން. އެ ކުދިންނަށް ލިބިފައިވާ ހުނަރުތައް ތަރައްގީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިހުސާސްތަކާއެކު އެ ކުދިންނާ މުއާމަލާތު ކުރުމުގައި، އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކު ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެން،" ރައީސް ވިދާޅުވި އެވެ. ތެލެސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އަޅުގަނޑުމެން ލިބިގަންނަންވީ އީޖާބީ ފިލާވަޅު ތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި، އެ ކުދިންގެ ފުރާނައިގެ ހައްގުގައި ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ހަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
"ތެލެސީމިއާ ކުދިންނަށް ލިބެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދޭން ޖެހޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ