‏ރަނގަޅަށް ނިދި ނުލިބޭނަމަ އަވަހަށް މުސްކުޅިވާނެ‏ ‏ރަނގަޅަށް ނިދި ނުލިބޭނަމަ އަވަހަށް މުސްކުޅިވާނެ‏

އެކަށީގެންވާ މިންވަރަށް ދުވާލެއްގެ މައްޗަށް ނިދިނުލިބޭނަމަ ހަށިގަނޑު ‏‏މުސްކުޅިވުމުގެ އަލާމަތްތައް ފެންނަލެއް އަވަސް ކަމަށް ފަހުގެ ދިރާސާއަކުން ‏‏ދައްކައިފި‏ އެވެ. ‏ ‏
‏ކިންގްސް ކޮލެޖް ލަންޑަންގެ ޑރ. ޖެފްރީ ކެލޫ އިސްވެ ހުންނަވައިގެން ‏‏ކުރެއްވި ދިރާސާއަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ ސެކޭޑިއަން ރިދަމްސް ‏‏(ދުވާލެއްގެ ތެރޭގައި ހަށިގަނޑަށް އަންނަ ގަވާއިދުން ތަކުރާރުވާ ބަދަލުތައް) ‏‏އަށް އަންނަ ބަދަލުތަކުން މަސްތަކަށް ދުވަސްވުން ނުވަތަ ހަށިގަނޑު ‏‏މުސްކުޅިވުމުގެ އަލާމާތްތައް ފެނަން ފަށާލެއް އަވަސް ވެދާނެ‏ އެވެ. ‏
‏ސެކޭޑިއަން ރިދަމްސްއަކީ ހަށިގަނޑުގެ އެކި ބައިތަކުގައި ހުންނަ ބައޮލޮޖިކަލް ‏‏"ޓައިމްކީޕަރުން" ނުވަތަ ގަޑިތަކެއްގެ ސަބަބުން ހިނގާ ކަމެކެވެ. މިހާތަނަށް ‏‏ސައިންޓިސްޓުންނަށް އެނގިފައިވަނީ މި ގަޑިތައް ސިކުނޑިއާއި އެހެނިހެން ‏‏ގުނަވަންތަކުގައި ހުންނައިރު، އެއިން ހަށިގަނޑުގެ ފިނިހޫނުމިނާއި، ‏‏ހޯމޯންތަކާއި، ކެއުމުގެ ނިޒާމު ބަލަހައްޓާކަމެވެ. އެހެންނަމަވެސް، އައު ‏‏ދިރާސާތަކުން ދައްކާ ގޮތުގައި މަސްތަކުގައިވެސް އެ މަސްތަކަށް ހާއްސަ ‏‏ގަޑިތަކެއް ހުރެ‏ އެވެ. ‏ މި ގަޑިތަކަށް ބަދަލު އަތުވެއްޖެނަމަ، ދުވަސްވުމުގެ ‏‏ޕްރޮސެސް އަވަސްވެދާނެ‏ އެވެ. ‏
‏ޑރ. ކެލޫގެ ޓީމުން ޒެބްރާފިޝް ބޭނުންކޮށްގެން ތަޖުރިބާތަކެއް ކުރި‏ އެވެ. ‏ ‏‏ޒެބްރާފިޝްއަކީ އިންސާނުންނާ ގިނަ ޖީންތަކެއް އެއްގޮތްވާ ކުދި މަސްތަކެކެވެ. ‏‏މި މަސްތަކުގެ ހަށިގަނޑު ސާފުކޮށް ފެންނާތީ، މަސްތަކަށް އަންނަ ބަދަލުތައް ‏‏ފަސޭހައިން ބެލޭނެ‏ އެވެ. ‏ ‏
‏މި ދިރާސާގައި ދެ އަހަރު ވަންދެން މި މަސްތައް މޮނިޓަރކުރި‏ އެވެ. ‏ ‏‏ނަތީޖާއިން ދެއްކި ގޮތުގައި މަސްތަކުގެ ގަޑިތައް ރަނގަޅަށް މަސައްކަތް ނުކުރާ ‏‏މަސްތަކުގައި މުސްކުޅިވުމުގެ އަލާމާތްތައް އަވަހަށް ފެނުނެވެ‏‎.‎
އިނގިރޭސި ވިލާތުގައި ގާތްގަނޑަކަށް ހަތަރު މިލިއަން މީހުން ޝިފްޓް ޑިއުޓީ އަށް ވަޒީފާ އަދާކުރެ އެވެ. މި ‏‏ދިރާސާއިން ދައްކާ ގޮތުގައި ޝިފްޓް މަސައްކަތްކުރާ މީހުންގެ ސެކޭޑިއަން ‏‏ރިދަމްސްއަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ގިނަ ‏‏އަސަރުތަކެއް ކުރެ‏ އެވެ. ‏މީގެ ތެރޭގައި މަސްތަކަށް މުސްކުޅިވުމުގެ އަލާމާތްތައް ‏‏އަވަހަށް ފެނުންވެސް ހިމެނެ‏ އެވެ. ‏
‏ދިރާސާއިން އިތުރަށް ދައްކާ ގޮތުގައި ހަށިގަނޑުގެ މަސްތަކުގައި ދުވާލަކު ‏‏ސާފުކުރުމުގެ ޕްރޮސެސްއެއް ހިނގަ‏ އެވެ. ‏ މަސްތައް ބޭނުންކުރާ ‏‏ވަގުތުތަކުގައި ހަލާކުވާ ޕްރޮޓީންތައް ރޭގަނޑު ނިދާއިރު ސާފުކުރެވެ‏ އެވެ. ‏ ‏‏މިގޮތުން މަސްތައް އަލުން ރަނގަޅުވެ‏ އެވެ. ‏ ސައިންޓިސްޓުން ދެކޭ ގޮތުގައި ‏‏ސެކޭޑިއަން ރިދަމްސްއިން މި ސާފުކުރުމުގެ މަސައްކަތް ކޮންޓްރޯލްކުރެ‏ އެވެ. ‏ ‏‏މި ރިދަމްސްއަށް ބަދަލު އަތުވެއްޖެނަމަ، ހަލާކުވެފައިވާ ޕްރޮޓީންތައް އެއްވެ، ‏‏ވަގުތު ހިނގަމުންދާއިރު މަސްތައް ބަލިކަށިވެ‏ އެވެ. ‏
ދިރާސާއިން ލިބުނު މައުލޫމާތުގެ އަލީގައި، ސައިންޓިސްޓުން މިހާރު ވަކި ‏‏ބޭސްތަކެއް ޓެސްޓްކުރަމުންދެ‏ އެވެ. ‏ މި ބޭސްތަކުން މަސްތަކުގެ ގަޑިތަކަށް ‏‏އަމާޒުކޮށް، ދުވަސްވުމުގެ ސަބަބުން މަސްތައް ދަށްވުން ލަސްކުރެވިދާނެ‏ އެވެ. ‏‏ މި ދިރާސާގެ ނަތީޖާތައް ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ‏‏ސައިންސަސް ޖާނަލްގައި ޝާއިއުކުރެވިފައިވެ‏ އެވެ. ‏
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ